ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސީ ލައިންގެ ޚިދުމަތް ފަށަން 408 ޓެކްސީ ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާންކޮށްފި

Dd

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަން 408 ޓެކްސީ ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާންކޮށްފިއެވެ.

އެމްޓީސީސީން އިއްޔެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އިއުލާންކުރިއެވެ. އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރުއެވެ.

ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތަކަކީ އިލެކްޓޯނިކް ކާރުތަކެއް ކަމަށެވެ.

“ވެހިކަލްތައް ޗާޖުކުރުމާއި މެއިންޓެއިން ކުރުމާއި މި ހުރިހާ ކަންތައްތަކަށް އެމްޓީސީސީގެ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުންނާނެ، އެ މަސައްކަތްތައް ވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ފެށި ނަމަވެސް، އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ދެރަގޮތެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށާއި އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ރައްޔިތުންނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި