ކުއްލި ޚަބަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން، 9.9 އިންސައްތައިގެ ކުރިއެރުމެއް

tourists
ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ފައިބަނީ —

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނޮވެމްބަރު 16 ވަނަ ދުވަހު އާއްމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން، އެ ތާރީޚުގެ ނިޔަލަށް 1،923،496 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ އަމާޒަކީ މިއަހަރު ވެސް ދެ މިލިއަން ފަތުރުވެރިން ހަމަކޮށް، އެ އަދަދު 2.2 މިލިއަނަށް އިތުރުކުރުމެވެ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ އަހަރެވެ.

ރާއްޖެއަށް 1.9 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، ނޮވެމްބަރު މަހުގެ ފުރަތަމަ 15 ދުވަހު ވަނީ 96،562 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ 12.8 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ 9.9 އިންސައްތައަށް އިތުރުވެފައެވެ. މިހާރު ދުވާލަކު އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކުރަނީ 6،030 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 303،035 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނައީ ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ. އެގައުމުން އަހަރުގެ މިހާތަނަށް 242،542 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އިނގިރޭސިވިލާތުން، ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް 171،213 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގައި ދެން އުޅެނީ ޖަރުމަނު، އިޓަލީ، އިންޑިއާ، ފްރާންސް، ސްޕެއިން އަދި އޮސްޓްރޭލިއާއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުން އެނގޭ ގޮތުގައި، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ދަށްވީ ހަމައެކަނި ފެބްރުވަރީ މަހެވެ. އެހެން މަސްތަކުގައި ބޮޑުތަކުން އެ އަދަދު ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ 66،235 އެނދު އޮޕަރޭޓްކުރެއެވެ. އޭގެތެރެއިން 67 އިންސައްތަ އެނދު ހިއްސާކުރަނީ ރިސޯޓުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian tourist arrival

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް އަރައިފި

އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ 26 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވެއްޖެ

Main 20251107 185345

މޮސްޓް ޑިޒައަރަބަލް އައިލެންޓް ކެޓަގަރީން ދިވެހިރާއްޖެއަށް ބްރޮންޒް އެވޯޑް ލިބިއްޖެ

Maldivian tourist arrival

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން

TTH_advertisement