ކުއްލި ޚަބަރު

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސް ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

Main 20251116 165502

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ސަރުކާރުގެ ވައުދުގެ ދަށުން، ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސްގެ ދަތުރުތައް ފެށުމަށްޓަކައި، ޞިއްޙީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން (މޯލްޑިވިއަން) އަދި އާސަންދަ (އެންސްޕާ) އާއިއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެހެންކަމުން، ބޭސްފަރުވާގެ ބޭނުމަށް ބޭރުގެ ގައުމުތަކަށް ދާންޖެހޭ ފަރާތްތަކަށް ޚާއްސަކޮށް، ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު ސޮއިކުރެއްވި އިރު، އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހީނާ ވަލީދުއެވެ.

މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ހާމަކުރެއްވި ގޮތުގައި، ޞިއްޙީ ވުޒާރާގެ ދަށުން މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް (އެމް.އީ.އެމް.އެސް.) ވަނީ އުފައްދާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި، ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، އެއާ އެމްބިއުލަންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ، ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ސަރުކާރުގެ 14 ހަފްތާގެ ޕްލޭނުގައި ހިމަނުއްވާފައިވާ ކަމެކެވެ. މި ޚިދުމަތް މިދިޔަ އަހަރުގެ މާޗު އެކަކުން ފެށިގެން ދެމުންގެންދާ ޚިދުމަތެކެވެ.

މޯލްޑިވިއަން އިން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ 1840 (އަށާރަސަތޭކަ ސާޅިސް) ބަލިމީހުން، ފަރުވާ ދިނުމަށްޓަކައި މާލެ ސަރަހައްދަށް އެއާ އެމްބިއުލަންސްގައި ވަނީ ގެނެސްފައެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް މިހާރު ގިނައިން އާސަންދަ ދެމުން އަންނަނީ އަވައްޓެރި އިންޑިއާއިންނެވެ. ނަމަވެސް، ވެރިކަމުގެ ކުރީކޮޅު ރައީސް މުޢިއްޒު ވަނީ ތައިލެންޑާއި ދުބާއީއަށް ވެސް އެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށް އިޢުލާން ކުރައްވައިފައެވެ. މި ޚިދުމަތް ކޮންމެވެސް ވަރަކަށް ދެމުން އައި ނަމަވެސް، ފުޅާ ދާއިރާއެއްގައި މިހާތަނަށް އެ ޚިދުމަތް ދޭކަށް އަދި ނުފަށައެވެ. އެހެންކަމުން، މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާގެ އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

މޯލްޑިވިއަނުން ށ.ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

Maldivian

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް އަލުން ފަށަނީ

Maldivian

ކުއާލަ ލަންޕޫރަށް މޯލްޑިވިއަނުން ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފި

TTH_advertisement