ކަންނެލި ގަތުމަށް ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީއެއް އަޅައިދޭނެ ކޮންޓްރެކްޓަރަކު ހޯދަން ފިޝަރީސް މިނިސްޓްރީން ބީލަން ހުޅުވާލައިފި އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ހިންގާ އެޕްވެކްސް މަޝްރޫއުގެ ދަށުން ހިންގާ މި މަސައްކަތުގައި ބައިވެރިވުމަށް ކުންފުންޏަކަށް ފާއިތުވި 5 އަހަރު ތެރޭ އެވަރެޖްކޮށް އެއް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާން ޖެހެ އެވެ. އަދި ފާއިތުވި 10 އަހަރު ތެރޭ މިބާވަތުގެ މަސައްކަތެއް ކޮށް 2.5 މިލިއަން ޑޮލަރު ލިބިފައިވުން ވެސް ޝަރުތުތަކުގައި ހިމެނެ އެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ބިޑު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. ކަންނެލި މަހާބެހޭ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާއިރު، އެޗްޑީސީން މި މަސައްކަތަށް ބިމު މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު