ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުގައި ދިހަހާހަށްވުރެ ގިނަ މީހުންގެ ހަށިތައް ނުނެގި އެބަހުރި: ޣައްޒާ ސިވިލް ޑިފެންސް

ޣައްޒާގެ އުތުރުގެ ސަރަހައްދެއްސުންނާފަތި ކޮށްލާފައި:

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އެކި ކަންކޮޅުތަކަށް ބޮންއަޅައި ބިމާހަމަކޮށްލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުވެ ޝަހީދުވެފައިވާ ދިހަހާހަށްވުރެ ގިނަ މީހުންގެ ހަށިތައް އަދިވެސް ނުނެގި އެބަހުރި ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެފިއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލު ކުރަން ފެށުމާއެކު، ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ސިވިލް ޑިފެންސުން ފަށާފައި ވެއެވެ.

އެގޮތުން، މިހާތަނަށް އެތައް ސަތޭކަ ހަށިތައް ނަގާފައިވާއިރު، ހުއްޓާނުލާ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.

ގާޒާ ސިޓީގެ ޝައިޚް ރަދްވާން ކްލިނިކްގެ ގޯތިތެރޭގައި މަރާލައި ވަޅުލާފައިވާ ބޮޑު ކަށްވަޅަމުން އެކަނިވެސް މިހާތަނަށް 51 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ޣައްޒާ ސިވިލް ޑިފެންސުން ބުނެފައި ވެއެވެ.

ކަށްވަޅުން ފެނުނު މީހުންނަކީ ކޮން ބައެއެއްކަން ދެނެގަތުމަށް އަލް ޝިފާ ހޮސްޕިޓަލަށް ހަށިތައް ފޮނުވަމުން ގެންދާ ކަމަށްވެސް ސިވިލް ޑިފެންސުން ބުނެފައި ވެއެވެ.

ކަށްވަޅުން އިތުރު މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ބުނެފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ދެއަހަރަށް ވުރެ ގިނަ ދުވަސްވަންދެން ޣައްޒާގައި ހިންގި ގަތުލުއާންމުތަކުގައި، ޣައްޒާއިން އެތައްސަތޭކަ އާންމުން ހިފައި ހައްޔަރުކޮށް މަރައި ބޮޑެތި ވަޅުތަކަށް އަޅައި ފޮރުވާފައި ވެއެވެ.

މިފަދަ ކަށްވަޅުތައް ހޯދައި މީހުންގެ ހަށިތައް ނެގުމާއި، ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ހަށިތައް ނެގުމުގައިވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޣައްޒާ ސިވިލް ޑިފެންސުން ބުނެއެވެ.

އެއީ، މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި އެނޫންވެސް ސާމާނު ޣައްޒާއަށް އެތެރެކުރަން އިސްތިއުމާރީ ބާރުން ހުރަސް އަޅާމުން ގެންދާތީއެވެ.

އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ހޯދުމުގެ މަސައްކަތަށް އެއްވެސް ބާވަތެއްގެ ވެހިކަލެއް، ސާމާނެއް އެތެރެކުރަން އިސްތިއުމާރީ ބާރުން ހުރަސްއަޅާއިރު، ޣައްޒާގައި ގެއްލިފައިވާ އިސްރާއީލު ގައިދީންގެ ހަށިތައް ހޯދުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ރެޑް ކްރޮސް މެދުވެރިކޮށް އެތެރެކޮށްގެން އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް