ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް 2025/26 އުތުރު ރީޖަންގެ ހދ.އަތޮޅު ޗެމްޕިއަންކަން ޓީމު ކުޅުދުއްފުށި ހޯދައިފިއެވެ.
ވާދަވެރި ކުޅުމަކަށް ފަހު، ކުޅުދުއްފުށި ޓީމުން މިއަދުގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން މޮޅުވެގެންނެވެ.
މި މެޗުގައި ހަނިމާދޫ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 63:03 ވަނަ މިނެޓުގައި، އެ ޓީމުގެ ކުޅުންތެރިޔާ އަލީ ހުސެއިން (ދަނގަޑޭ) އެވެ.
މީގެ އިތުރުން މިއަދުގެ ފައިނަލް މެޗުގެ ފަހު ވަގުތުތައް ގުނަމުން ދިއައިރު، މެޗުގެ 92:36 މިނެޓުގައި ކުޅުދުއްފުށި ޓީމުގެ މުންސިފް ގޯލާއި ދިމާލަަށް ފޮނުވާލި ބޯޅަ ކާމިޔާބުކޮށްފައި ވަނީ ހަމަ އެ ޓީމުގެ މުޙައްމަދު ޒައިދު އެވެ. ޒައިދު މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޭނާގެ ބޮލުން ބޯޅައިގައި ޖަހައިގެންނެވެ.
މިގޮތުން ރާއްޖޭގެ އަތޮޅުތެރޭގެ ތިން ސަރަހައްދެއް ޒޯންތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްގެންދާއިރު، މުޅި ޖުމްލަ 47 ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި އުތުރު ރީޖަން ޒޯން އިން ހދ އަތޮޅުން 4 ރަށަކުން ބައިވެރިވެފައިވާއިރު، ހއ. އަތޮޅުން ބައިވެރިވެފައިވަނީ 2 ރަށެވެ. އަދި ށ. އަތޮޅުގެ އެއްވެސް ރަށަކުން މި މުބާރާތެއްގައި ބައިވެރިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު