ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސޯލިހަށް އަށް މިއަދު އަރުވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މިއަދު ބޭއްވި ޖަލްސާގައި މުހައްމަދު ސޯލިހަށް މި ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ނިޝާން މުލީގެ އިއްޒަތް މުހައްމަދު ސޯލިހަށް އެރުވީ ރާއްޖޭގައި ވިޔަފާރީގެ ތަފާތު ޚިދުމަތްތައް ތައާރަފްކުރައްވައި ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރައްވާފައިވާތީ އާއި ފަތުުވެރިކަން ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ފުޅާކުރުމަށާއި އެކި ރޮނގުރޮނގުން ހިލޭ ސާބަހަށް އަގުހުރި ޚިދުމަތް ކޮށްދެއްވާތީ އެ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
1951 ވަނަ އަހަރު އައްޑޫގައި ހުރި ރޯޔަލް އެއަރފޯސްގައި ޚިދުމަތް ފައްޓަވާ 15 ވަރަކަށް އަހަރު ޚިދުމަތްކުރެއްވިއެވެ. އެންމެ ފުރަތަމަ ކާގޯ ކްލިއަރެންސްގެ މަސައްކަތާއި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރެއްވިއެވެ. އަދި އެމުއްދަތުގައި އެއްކުރެވުނު ފައިސާއަށް އަލްޓަރފްގެ ނަމުގައި ފުރަތަމަ ކުންފުނި އުފައްދަވާ ފަތުރުވެރިކަމުގެ ދާއިރާއިން ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހީމް މުހައްމަދު ދީދީ (ސިމްޑީ)އާ އެކު ޑިމްސް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދަވައި، 1983 ވަނަ އަހަރު ގިނަ ވިޔަފާރިތަކެއް އޭނާ ކުރެއްވިއެވެ. މުަހައްމަދު ސޯލިހުގެ ވިޔަފާރީގެ ފެށުމަކީ އެއީއެވެ. އަދި ފަހުން 2000ވަނަ އަހަރު ދަމާސްގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފެއްދެވުމަށް ފަހު ވިޔަފާރިކުރައްވަން ފެއްޓެވިއެވެ. އެ ހިސާބުން ގާތް ދެ އެކުވެރިން ވިޔަފާރި ކުރައްވަމުން ގެންދެވީ ވަކިންނެވެ.
މީގެ އިތުރުން މުހައްމަދު ސޯލިހު ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އެންމެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައި، ވިޔަފާރީގެ އެހެން ބޯޑުތަކުގައި 1990ގެ އަހަރުތަކުގައި މަސައްކަތްކުރައްވައިފައެވެ.
މުހައްމަދު ސޯލިހު ވަނީ 2012ވަނަ އަހަރު މެޑިކާ ހޮސްޕިޓަލުގެ ޚިދުމަތްވެސް ފައްޓަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު