ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ކިޔާނެ އެއްޗެހި ހުސްވެގެން މަމްދާނީ އަތުން ކާތީވެސް އެންމެފަހުން ދިމާކުރަން ފެށުން

ޒޮހްރާމް މަމްދާނީ ކެއުމަކަށް އިންސާފްކުރަނީ:

އެމެރިކާގެ އެންމެ އާބާދީބޮޑު އަދި އެންމެ މުހިންމު ސިޓީ ކަމަށްވާ ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ކެންޑިޑޭޓަކު ކަނޑައެޅުމަށް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ބޭއްވި ޕްރައިމެރީ ކާމިޔާބު ކުރެއްވީއްސުރެ އެމެރިކާގެ އެކި ކަންކޮޅުތަކުން ގެންދިޔައީ އެކި ގޮތްގޮތުން ޒޮހްރާން މަމްދާނީއާ ދިމާކުރަމުންނެވެ. ފުރައްސާރަ ކުރަމުންނެވެ.

އޭނާ މޭޔަރު ކަމަށް އިންތިޚާބު ކޮށްފިނަމަ ނިއުޔޯކް ސިޓީ ފެންނާނީ އެވެނި މިވެނިހެންނޭ ކިޔައި، އެތައް ވާހަކަތަކެއް ދައްކައި، ނިއުޔޯކް ސިޓީގެ ރައްޔިތުންނަށް ގެންދިޔައީ ނަފްސާނީ ބިރު ދައްކަމުންނެވެ.

ޕްރައިމެރީ ކާމިޔާބު ކުރި ފުރަތަމަ ދުވަހުން ފެށިގެން، އިންތިޚާބުގެ ވޯޓުލުން ފެށެން ގަޑިއިރަކަށް ވީފަހުންވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޒޮހްރާން މަމްދާނީ މޭޔަރު ކަމަށް އިންތިޚާބު ނުކުރުމަށް ނިއުޔޯކް ސިޓީގެ ރައްޔިތުންނަށް އެތައް އިންޒާރުތަކެއް ދިނެވެ. އޭނާއަކީ ޔަހޫދީން ދެކެ ރުޅިއަރާ، ކޮމިއުނިސްޓެއް ކަމަށް ބުނެ ސާބިތުނުހިފޭ އެތައް ވާހަކައެއް ދެއްކިއެވެ. ރައީސްކަމުގައި ހުންނަ މީހަކު ވެއްޓެން ނުޖެހޭ ދަރަޖައަކަށް ޓްރަމްޕް ވެއްޓި، މަމްދާނީއާ ދެކޮޅަށް ވާހަކަތައް ފެތުރިއެވެ.

އެމެރިކާގެ ރިޔާސީ ކިއްލާ ވައިޓް ހައުސްއިންވެސް މަމްދާނީއާ ދެކޮޅަށް އެތައް ކެމްޕެއިނެއް ކުރިއެވެ. މަމްދާނީ އިންތިޚާބު ނުކުރުމަށް އެދި ނިއުޔޯކް ސިޓީގެ ރައްޔިތުންގެ ކިބައިން އާދޭސްކުރަމުން ގެންދިޔައެވެ.

އެމެރިކާގެ ސިޔާސީ މައިދާނާއި، އެމެރިކާގެ މުޅި މުޖުތަމައުގައި ނުފޫޒު ހިފާފައިވާ ޔަހޫދީ ލޮބީ ގްރޫޕްތަކުން މަމްދާނީއާ ދެކޮޅު ހަރަކާތްތައް ހިންގުމުގައި ހައްދުފަހަނައަޅައި ދިޔައެވެ.

ޔަހޫދީ ލޮބީ ގްރޫޕްތަކުގެ އިތުރުން، އިސްރާއީލުންވެސް މަމްދާނީއާ ވަރަށް ބޮޑަށް ދެކޮޅު ހަދައި، އޭނާ އިންތިޚާބު  ނުކުރުމަށް އެދެމުންދިޔައެވެ. ބޮޑެތި ޚަރަދުތައްކޮށް އިސްތިހާރުތައް ހަދައި ފަތުރަމުން ގެންދިޔައެވެ.

ޔަހޫދީންގެ ނުފޫޒުގެ ދަށުވެފައި އޮންނަ އެމެރިކާގެ މީޑިއާއިން މަމްދާނީއާ ގުޅޭގޮތުން އެތައް ދޮގު ވާހަކަތައް ފަތުރައި، އޭނާގެ ނަން ޚަރާބުކުރަން އެތައް މަސައްކަތެއް ކުރިއެވެ. ފައިސާ އަޅައިގެން އިންފްލުއެންސަރުން ލައްވައި މަމްދާނީގެ އަގު ވައްޓާލަން އެތައް ޖަރީމާއެއް ހިންގިއެވެ.

ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް އިންތިޚާބު ވިޔަ ނުދިނުމަށް އެމެރިކާގެ 26 ބިލިއަނަރަކު 22 މިލިއަން އެމެރިކާ ޑޮލަރު ބަހާލިއެވެ. އޭގެ ތެރެއިން ބައެއް ޚަރަދުކުރީ އިސްތިހާރުތައް ހެދުމަށާއި، މީހުން ލައްވައި މަމްދާނީއާ ދެކޮޅަށް ދޮގު ވާހަކަތައް ފެތުރުމަށެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ވައިޓްހައުސްއިން ދެއްކި އެއްވެސް ވާހަކައެއް ނިއުޔޯކް ސިޓީގެ ރައްޔިތުން ގަބޫލެއް ނުކުރިއެވެ. އެމެރިކާގެ މީޑިއާއިން ފެތުރި އެއްވެސް ވާހަކައެއްވެސް ގަބޫލެއް ނުކުރިއެވެ. އިންފުލުއެންސަރުން ލައްވައި ހިންގި ޖަރީމާތަކުންވެސް ފައިދާއެއް ނުކުރިއެވެ. މަހުޖަނުން ލައްވައި ބެހި ފައިސާއަކުންވެސް ވީކަމެއް ހަރާމެވެ.

އެއަށްވުރެ ނިއުޔޯކް ސިޓިއާއި، އެމެރިކާގެ ގިނަ ރައްޔިތުން ތިބީ ސަރުކާރާމެދު ހިތްހަމަނުޖެހި ރުޅިއައިސްފައެވެ.

ނޮވެމްބަރު 4 ގައި ބޭއްވި އިންތިޚާބުން ނުކުތް ނަތީޖާ ވެގެންދިޔައީ މަމްދާނީއާ ދެކޮޅަށް ނުކުމެ އުޅުނު މީހުންނަށް ލިބުނު ބޮޑު ސިހުމަކަށެވެ. ހައިރާން ކަމަކަށެވެ.

މުޅި އެމެރިކާ ކޮންޓްރޯލް ކުރާ ޔަހޫދީންގެ އެންމެ ބޮޑު ނިސްބަތެއް ދިރިއުޅެނީ ނިއުޔޯކް ސިޓީގައެވެ. ނިއުޔޯކް ސިޓީ ކޮންޓްރޯލް ކުރާ މީހާއަކީ އެމެރިކާގެ ކޮންޓްރޯލް ނަގާނެ މީހާކަން އެންމެނަށްވެސް އެނގެއެވެ. އެ ކޮންޓްރޯލް އަމުދުން މުސްލިމެއްގެ އަތްމައްޗަށް ދިއުމަކީ ޔަހޫދީންގެ ފައިސާއާއި ނުފޫޒުގެ އަޅުވެތިކަމުގައި ތިބި ވެރިންނާއި، މަޖިސް މެމްބަރުންނާއި، އިސްރާއީލަށްވެސް ކެތްވާވަރުގެ ކަމަކަށް ނުވާނެތީއެވެ.

އެކަމަކު، ނިއުޔޯކް ސިޓީގެ ޔަހޫދީ އާބާދީގެ ޚާއްސަކޮށް ޒުވާނުން ނުކުމެ ވަނީ މަމްދާނީއަށް ވޯޓު އަޅާފައެވެ.

މަމްދާނީ މޭޔަރު ކަމަށް ހޮވައިފިނަމަ އެއީ ޔަހޫދީންނަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނޭ ކަމަށާއި، މުޅި ސިޓީން ޔަހޫދީން ބޭރުކޮށް މުސްލިމުންގެ ސިޓީއަކަށް ހަދާނޭ ކަމަށް އެކި ފަރާތްތަކުން ކުރަމުންދިޔަ އިންޒާރުތަކަށް އެ ޒުވާނުން ނުބެއްޔެވެ.

މައިގަނޑު ސަބަބެއް ކަމަށް ގަބޫލު ކުރެވިފައިވަނީ، އެމެރިކާ ސަރުކާރާއި، އިސްރާއީލުން ދައްކާ ވާހަކަތަކާއި، ކަން ހިނގަމުންދާ ގޮތާ ދިމާ އިދިކޮޅުވުމެވެ. ހިޖުރަވެރިންގެ މައްސަލަތަކާއި، އިގްތިސާދީ މައްސަލަތަކުގައި ރިޕަބްލިކަން ޕާޓީއާއި، ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވުމެވެ.

ޒޮހްރާމް މަމްދާނީ މޭޔަރު ކަމަށް އިންތިޚާބުވުމުންވެސް، އޭނާއަށް އޮތް ނަފްރަތު ހުއްޓުމަކަށް އައި ކަމަކަށް ނުވިއެވެ.

މަމްދާނީއާ މެދު ނަފްރަތު އުފެއްދުމާއި، ޒާތީގޮތުން ދިމާކުރުމާއި، ފުރައްސާރަ ކުރުމާއި، ދިމާކުރުންތައް އަދިވެސް ހުއްޓައެއް ނުލައެވެ.

އިންތިޚާބުގެ ޖެހިގެން އައިދުވަހު ނިއުޔޯކް ސިޓީގައި ހުންނަ ޔަހޫދީންގެ ޚާއްސަ ސްކޫލެއްގެ ފާރުގައި މަމްދާނީއާ ގުޅުވައި ނަފްރަތުގެ ލިއުންތަކެއް ލިޔުނެވެ. މީޑިއާއިން ހީވީ އަރައި ކައިފާނެހެންނެވެ. އަދި މަމްދާނީ މަގާމާ ހަވާލުވެއްޖެނަމަ ކަން  ވެގެން ހިނގައިދާނެގޮތުގެ މިސާލުތައް ޖަހަންފެށިއެވެ. ބަހުސްތައް ކުރަން  ފެށިއެވެ. ނަމަވެސް، ސީސީޓީވީ ފުޓޭޖްތަކުން ފަހުން އެނގުނު ގޮތުގައި ފާރުގައި ލިއުންތައް ޒިއުނީ ހަރުކަށި ޒަޔަނިސްޓެކެވެ.

ނިއުޔޯކް ސިޓީގެ މޭޔަރަކަށް މަމްދާނީ އިންތިޚާބުވުމުން އެ ސިޓީގެ ޔަހޫދީ އާބާދީގެ ކިޔަވާކުދިންތަށް ބައިބަޔަށް ރަށުން ފައިބައިގެން ދާން ފަށައިފިނަމަ ބުނެ ނޫސްތަކުގެ ފަލަ ސުރުޚީގައި ޖެހީ އެންމެ ތިން މީހުން ސްކޫލެއްގެ ޕްރިންސިޕަލަށް ގުޅައި އެހެން ސިޓީއަކަށް ދަރިން ބަދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުންނެވެ.

ނިއުޔޯކް ސިޓީގައި ބާއްވާމިފަދަ ކޮންމެ އިންތިޚާބަކާ ގުޅިގެން ބަޔަކު ރަށުން ފައިބައިގެން ދެއެވެ. އޭގެ ތަފާސްހިސާބުތައްވެސް މީޑިއާއިން ހާމަކޮށްފައި ވެއެވެ. އެއީ އަލަކަށް ހިނގާ ކަމެއް ނޫނެވެ. ނުވަތަ ވަކި ޕާޓީއެއްގެ މީހަކު އިންތިބުވުމުންވެސް ހިނގާ ކަމެއް ނޫނެވެ. މަމްދާނީއާ އެކަމާ ގުޅުވަނީ ނަފްރަތު އުފެއްދުމަށެވެ.

ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން، މަމްދާނީއާ ދިމާކުރާނެ ގޮތެއް ނޭނގިގެން އެންމެފަހުން، އޭނާއަށް ނަފްރަތުކުރާ އެމެރިކާގެ ބައެއް މީހުންނާއި، މީޑިއާ ވަސީލަތްތަކުން ވަނީ، މަމްދާނީ އަތުން މޮޑެގެން ކާން އިންނަ މަންޒަރު ފެންނަ ފޮޓޯއެއް ދައުރުކޮށް އެކަމަށް މަލާމާތްކޮށް، ފާޑުކިޔައި ފުރައްސާރަ ކުރަމުންނެވެ. އަތުން ކެއުމަކީ މުޑުދާތު ކަމެއްގެ ގޮތުގައި ގެންދަނީ ސިފަކުރަމުންވެ. ނާތަހުޒީބު ކަމެއްގެގޮތުގައި ބުނަމުން ގެންދެއެވެ.

އިސްލާމީ ގައުމުތަކުގައި އުލާއި ސަމުސަލުގެ ބަދަލުގައި އަތުން މޮޑެގެން ކައި އުޅޭތީ، ޚާއްސަކޮށް ހުޅަނގުގެ ބައެއް ގައުމުތަކުގެ މީހުން ފާޑުކިޔައި ދިމާކޮށް ހަދައެވެ.

އެކަމަކު، މުސްލިމުން އެކަން ކުރަނީ ސައިބޯނިލައިގެން އަތް ދޮވެގެން ކަމާއި، ކައި ނިމިގެންވެސް ސައިބޯނި ލައިގެން އަތްދޮވެ ސާފުކުރާ ވާހަކަ އެމީހުން ނުދައްކައެވެ. މާތްވެގެންވާ އިސްލާމްދީނުގެ އިރުޝާދުތަކުގައި، އަތުން ކެއުމާ ގުޅޭގޮތުން އައިސްފައި ހުރި ވާހަކަތަކެއް އެވެރިންނަކަށް ނޭނގެއެވެ. މާތް ރަސޫލާގެ ސުންނާތުގައި އަންގަވާފައި ގޮތެއްވެސް އެވެރިންނަކަށް ނޭނގެއެވެ.

މަމްދާނީއާ އެ ޒާތަށް ދިމާކޮށްގެން މި އުޅެނީ ޣައިރު މުސްލިމުންނެވެ. ބޮޑުކަމު ގޮސްފައި ޓިޝޫއަކުން ފޮހެލައިގެން ތިބުން އެއީ އައްޗި ކަމެއްކަން ނުދަންނަ މޮޔައިންނެވެ.

ޒޮހްރާން މަމްދާނީ ހުރީ ގަދަކޮށެވެ. އޭނާ ހުރީ، އިސްލާމްދީނުން އަންގަވާފައިވާ އޯގާތެރިކަމާއި، ލޯތްބާއި އިހްތިރާމާއެކު ނިއުޔޯކް ސިޓީގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އިސްލާމްދީނުގެ މަތިވެރި، ރިވެތި ނަމޫނާ އެ ސިޓީގެ ރައްޔިތުންނަށް އަމަލާއި ބަހުން ދެއްކެވުމަށް ތައްޔާރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖެރަލްޑް އާރް ފޯރޑް ހިމެނޭ ލަޝްކަރު ވެނެޒުއެލާ ކައިރިއަށް، އިސާހިތަކު ހަނގުރާމަ ފަށާފާނެ

ޣައްޒާއަށް ފޮނުވަން އުޅެނީ ސުލްހަ ބަލަހައްޓާ ފައުޖެއްނޫން! ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރާ ފައުޖެއް!

ޒޮހްރާން މަމްދާނީ ކެމްޕެއިންގެ އެންމެ ފަހު އެއްވުމުގައި

ޓްރަމްޕް ދައްކާ ސިޔާސީ ބިރުތަކަށް ނުސިހެން: ޒޮހްރާން މަމްދާނީ

އެމެރިކާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކާއި ނޭވީ ފައިޓާ ޖެޓެއް ވެއްޓިއްޖެ

TTH_advertisement