ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

205 މަޝްރޫއު އަމިއްލަ ފަރާތްތަކާ ހަވާލުކުރަން ސޮއިކުރުން މިއަދު

finance

ސަރުކާރުން ފަށަން ނިންމާފައިވާ 205 މަޝްރޫއު އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ބާސެލޯނާ ނަސަންދުރާގައި މިއަދުގެ ހެނދުނު 10 ގަޑިއިރު ފެށިގެން ބާއްވާ މި ރަސްމިއްޔާތު 3-4 ގަޑިއިރަށް ދިގުދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މި ހުރިހާ ޕްރޮޖެކްޓެއް ވެސް ހަވާލުކުރަނީ އަމިއްލަ ފަރާތްތަކާ އެކު ކަމަށާއި ސަރުކާރުގެ އެއްވެސް ކުންފުންޏެއް މި ޕްރޮޖެކްޓުތަކުގައި ނުހިމެނޭނެ ކަމަށް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ނަމަވެސް މި ޕްރޮޖެކްޓުތަކުގެ އަގު އަދި ހާމައެއް ނުކުރެއެވެ. ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ހިޔާވަހިކަމުގެ މަޝްރޫއުތައް، ވަގުފް އިމާރާތްތައް ހެދުމާއި ޓާފްދަނޑުތައް އެޅުން ފަދަ މުހިއްމު ކަންކަން ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުގެ ކުންފުނިތަކާ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާތީ ފާޑުކިޔުން އަމާޒުވެފައިވާ ކަމަށާއި މިހާރު އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރާ ތަން އަވަހަށް ފެންނަން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާގެ ފައިސާ ފަސް ހަފުތާގެ ތެރޭގައި ދައްކައި ނިންމާނެ ކަމަށެވެ. ރައީސް ވިދާޅުވި އެ މުއްދަތު ހަމަވަނީ މިއަދުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

finance

ބަޖެޓު ސާޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރައިފި

finance

މުދާ އެތެރެކުރާވަރަށް ރިޒާވްގައި ބޭރުފައިސާ އެބަހުރި: ފިނޭންސް

ރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކްއެއްގައި ސޮއިކޮށްފި