ކުއްލި ޚަބަރު

އެމްޕީއެލްގެ އެތެރޭގެ ތަހުގީގު: ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ޓްރަމްޕް ދައްކާ ސިޔާސީ ބިރުތަކަށް ނުސިހެން: ޒޮހްރާން މަމްދާނީ

ޒޮހްރާން މަމްދާނީ ކެމްޕެއިންގެ އެންމެ ފަހު އެއްވުމުގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާ ސިޔާސީ ބިރުތަކަށް ޖެހިލުން ނުވާކަމަށް، އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ،

ކެމްޕެއިންގެ އެންމެ ފަހު މަންޒިލެއްގެގޮތުން ކުއީންސްގެ އެސްޓޯރިއާގައި ބޭއްވި އެއްވުމުގައި މަމްދާނީ ވިދާޅުވީ، އޭނާ މޭޔަރު ކަމަށް އިންތިޚާބު ކޮށްފިނަމަ މައި ސަރުކާރުން ނިއުޔޯކް ސްޓޭޓަށް ދޭ ފަންޑު ހުއްޓާލާނޭ ކަމަށް ޓްރަމްޕް އިންޒާރު ކުރެއް ވިޔަސް އެކަމާ ކަންބޮޑުވެ ހާސްނުވާ ކަމަށެވެ.

މަގާމަށް އައުމަށްފަހު ޓްރަމްޕާ ކުރިމަތިލާނޭ ގޮތް ނިކަން ރަނގަޅަށް އެނގިވަޑައި ގަންނަވާ ކަމަށްވެސް މަމްދާނީ ވިދާޅުވިއެވެ.

މަރުކަޒީ ސަރުކާރުން ދޭ ފަންޑު ކަނޑާލާނޭ ކަމަށް އިންޒާރު ދެއްވުމުގެ ކުރިން ޑޮނަލްޑް ޓްރަމްޕްވަނީ، މޭޔަރުކަމުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ މޭޔަރު އެންޑްރޫ ކުއޯމޯ އެންޑޯޒްވެސް ކުރައްވާފައެވެ.

އެންޑްރޫ ކުއޯމޯ އިންތިޚާބުގައި ވާދަކުރައްވަނީ، ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމެރީގައި މަމްދާނީއާ ވާދަކުރައްވައި ބަލިވެފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ޒޮހްރާން މަމްދާނީ މޭޔަރު ކަމަށް އިންތިޚާބު ނުކުރުމަށް ނިއުޔޯކް ސިޓީގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ޓްރަމްޕް ރޭގައިވެސް ވިދާޅުވީ، މަމްދާނީ އަކީ “ކޮމިއުނިސްޓެއް” ކަމަށެވެ.

ފެށުނީއްސުރެ ޓްރަމްޕް ގެންދަނީ ޒޮހްރާން މަމްދާނީ އިންތިޚާބު ނުކުރުމަށް ގޮވާލައި އަދި އޭނާއާ ދެކޮޅަށް އެތައްކަމެއްކޮށް އަދި އެތައް އިންޒާރުތަކެއް ދެމުންނެވެ.

ޒޮހްރާން މަމްދާނީއަކީ ހިޖުރަވެރި އާއިލާއަކަށް ނިސްބަތްވާ ބޭފުޅަކަށްވާތީ މަމްދާނީ އެމެރިކާއިން ޑީޕޯޓް ކޮށްލާނޭކަމުގެ އިންޒާރުތައްވެސް ދެމުން ގޮސްފައި ވެއެވެ.

ކުއީންސްގެ އެސްޓޮރިއާއަކީ މަމްދާނީ އެނާގެ ސިޔާސީ ހަޔާތް ފެށި ރަށެވެ. މިފަހަރުގެ މޭޔަރު ކަމުގެ އިންތިޚާބުގެ ކެމްޕެއިން އޭނާ ފެށީވެސް އެރަށުންނެވެ. ކެމްޕެއިންގެ އެންމެފަހު އެއްވުންވެސް ބޭއްވީވެސް އެ ރަށުގައެވެ.

އުމުރުން 34 އަހަރުގެ ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ ރައްޔިތުންނަށް ގޮވާލައްވާފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ އިންޒާރުތަކަށް ނުލެބުމަށެވެ.

މަމްދާނީ ވިދާޅުވީ، ޓްރަމްޕް މަސައްކަތް ކުރަނީ ވޯޓަށް ހުރަސްއެޅުމަށް ކަމަށާއި، އެއީ ސިޔާސީ ބުލީކުރުން ކަމަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން އަބަދުވެސް ކުރީގައި އުޅުއްވާ ޒޮހްރާން މަމްދާނީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ ކާރޓިސް ސްލިވާއަށް ވޯޓު ދިނުމުގެ ބަދަލުގައި ކުރީގެ މޭޔަރު އެންޑްރޯ ކުއޯމޯއަށް ވޯޓުދޭން ޓްރަމްޕް ގޮވާލުމުންވެސް އިންތިޚާބުގެ ކަންކަން އިތުރަށް ފޯރިގަދަވެގެން ދިޔައީ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބުގެ ވޯޓުލުން އެމެރިކާގެ ގަޑިން މިރޭ ފަށާއިރު، ނިއުޔޯކް ސިޓީއަކީ މުޅި އެމެރިކާއަށް ބަލާއިރުވެސް އެންމެ ބައިބޯ ސިޓީއެވެ. އެ ސިޓީ ނިސްބަތްވަނީ ނިއުޔޯކް ސްޓޭޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަމްދާނީއާ ވާހަކަ ދައްކަން ތައްޔާރު، އެއްބާރުލުން ނުދޭނަމަ މަމްދާނީގެ މަސައްކަތަށް ހުރަސްއަޅާނަން: ޓްރަމްޕް

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޒޮހްރާން މަމްދާނީ

މަމްދާނީ ހޯއްދެވި ކާމިޔާބީއަށް ޔޫގަންޑާގެ ޒުވާނުންވެސް އުފާފާޅުކުރަނީ

މަމްދާނީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި

TTH_advertisement