ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ %92 މަސައްކަތް ނިންމާލައިފި

ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ %92 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން “މުޅިރާއްޖެ” އަށް މައުލޫމާތު ދެއްވިގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބައުންޑްވޯލް ޖަހާ، ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ އެންމެ ފަހުގެ މަސައްކަތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮލަމާފުށްޓަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހަމަ އެހެންމެ، ވެލިއެޅުމާ އެހެނިހެން މަސައްކަތްތައް ހިމެނޭހެން މުޅި މަޝްރޫޢުގެ %92 މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާއިރު، މި މަޝްރޫޢުގައި، އެރަށުން ހިއްކާ ސަރަޙައްދުގައި ފެން ބޮޑުވިޔަ ނުދިނުމަށް، ބައޮސްވެލްވްއެއް އެޅުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ހިއްކި ސަރަޙައްދުގައި ބޮޑުހިލަ ޖަހާ ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ކޮލަމާފުށީގެ އާބާދީގައި 1،600 އެއްހާ މީހުން ދިރިއުޅޭއިރު، އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށް އެރަށުގެ ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ރަށުގެ ބިންހިއްކުމުގެ މަޝްރޫޢު ނިމި، ހިއްކި ސަރަޙައްދުން ގޯތި ދޫކުރަން ފެށުމާއެކު ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށޭނެ ޙައްލެއް ލިބިގެންދާނެކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ފަށާފައިވާއިރު، މިއީ 44.33 މިލިޔަން ރުފިޔާއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރއަށް ގެންދާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން