ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ނިންމާލައިފި

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

ތިން ދުވަހަށް މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވިއެވެ. މި ކެޓަގަރީތަކަކީ 18 އަހަރުން ދަށުން ފިރިހެން އަދި އަންހެން ކެޓަގަރީ، 16 އަހަރުން ދަށުން ފިިރިހެން އަދި 14 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީއެވެ.

މިއީ ޖޫނިއާ ސާފިން މުބާރާތެއްގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ސާފިން އެސޯސިއޭޝަން، އެމްއެސްއޭގެ ޑެވެލޮޕްމަންޓް ޕާޓްނަރަކީ ބީއެމްއެލްއެވެ. އެގޮތުން އެމްއެސްއޭއާއެކު ބީއެމްއެލް އިން ހަދައިފައިވާ އެއްބަސްވުން މިދިޔަ އަހަރު އައުކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ސާފިންގައި ޒުވާނުންގެ ހުނަރު އުފައްދައި ޕްރޮމޯޓުކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ވެސް ބާއްވާ ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް ވެސް ބީއެމްއެލް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8 އަހަރުގެ އާލިޔާ ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަން ހޯދައިފި

ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަންހެން ރިލޭ ޓީމް ލޯ މެޑަލް ހޯދައިފި

އޭޝިއާ އަންހެން ބީޗް ވޮލީބޯޅަ މުބާރާތެއްގެ ކުއާޓާ ފައިނަލްގެ ޖާގަ ދީމާ އާއި އަޒްކާ ޔަގީންކޮށްފި

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

TTH_advertisement