ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ 475 މިލިއަން ރުފިޔާއަށް

Bml

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި ވެސް ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފިއެވެ. މިމުއްދަތުގެ ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދި އެއީ ދެވަނަ ކުއާޓަރާ އެއްވަރުގެ ނަތީޖާއަކަށްވެފައި، މިދިޔަ އަހަރާ އަޅައިބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރު މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނީ މިންގަނޑަށްވުރެ މަތިން ދެމެހެއްޓިފައިވެއެވެ.

ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މާލީ ނަތީޖާއާއެކު ރާއްޖޭގެ މުޖުތަމައުތަކާއި ވިޔަފާރިތަކަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް ހިއްސާވުމަކީ ބޭންކުގެ ފަޚުރެއް ކަމަށެވެ. މި ކުއާޓަރުގައި ބީއެމްއެލްއިން 105 ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައި، އެސްޑީއެފްސީ ގަނެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި

masverin

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފި

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

WhatsApp Image 2026 03 05 at 13.10.03 (1)

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި