ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި

ސްޓޭޓް އިލެޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގައި މަސައްކަތްކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަން އަގުވަޒަންކުރައްވައިފިއެވެ.

މި ކަން ހާމަކުރައްވާ ސްޓެލްކޯއިން ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

ސްޓެލްކޯގެ ޕޯސްޓްގައި އެކުންފުނިން އިތުރަށް ބުނެފައިވަނީ އެ ކުންފުންޏަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރި ބައެއް މުވައްޒަފުން ޝަރަފްވެރިކަމާއައެކު ރިޓަޔާ ކުުރުމާއި ގުޅިގެން އެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވާފައިވާ ކަމަށެވެ.

އެގޮތުން ސްޓެލްކޯ‏ ޝަރަފްވެރިކަމާއައެކު ހިދުމަތުން ރިޓަޔާ ކުރި މުވައްޒަފުންނަކީ، ‏ސީނިއާ ސްޓޭޝަން ސުޕަވައިޒަރު އަހުމަދު ސަމީރާއި، ސްޕަވައިޒަރު އިބްރާހިމް އަހުމަދެވެ.

މީގެތެރެއިން ސީނިއާ ސްޓޭޝަން ސުޕަވައިޒަރު އަހުމަދު ސަމީރު ސްޓެލްކޯގައި ހިދުމަތް ކޮށްފައިވަނީ 28 އަހަރުއެވެ. ސްޕަވައިޒަރު އިބްރާހިމް އަހުމަދު ހިދުމަތުގައި ފަސް އަހަރު ހޭދަކޮށްފައިވެއެވެ. އަދި އެކުންފުނިން ވަނީ އެއެ މުވައްޒަފުންނަށް ހަނދާނީ ފިލައާއި ބެޖްވެސް އަރުވާފައެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުޕޮރުގުރާމެއް ހިންގައިފި