ކުއްލި ޚަބަރު

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާދެއްވައިފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

laamu gamu

އެހެން ރަށްރަށުން ލ. ގަމަށް ބަދަލުވާން ޖެހުނު 169 މީހަކަށް ބަދަލުގެ ގޮތުގައި ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެގޮތަށް ބަދަލުވާން ޖެހޭ މީހުންނަށް ބަދަލުގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ހަވާލުކުރުމަށް ސަރުކާރުގެ އަބަދުވެސް ސިޔާސަތު ކަމަށާއި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެސް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

“169 ފަރާތެއް މި ފައިސާ ލިބެންޖެހޭ ވާކަން އަޅުގަނޑުމެންނަށް ރަސްމީކޮށް މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިއަން ރުފިޔާ، 50،000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު އެ ވަނީ ހަމަޖައްސާފައި،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ޓީމެއް ގަމަށް ދާދި އަވަހަށް އައިސް، އެ ފައިސާ ލިބޭ ފަރާތްތަކާ ބައްދަލުކުރުމާއި އޭގެ ތަފުސީލުތައް އިތުރަށް އޮޅުންފިލުވާނެ ކަމަށެވެ.

ދެން އޮންނާނީ އެއިން ކޮންމެ މީހެއްގެ ބޭންކު އެކައުންޓް ހޯދައި ސީދާ އެކައުންޓަށް ޖަމާކުރުމުގެ މަރުހަލާ ކަމަށާއި އެއިން ކޮންމެ މީހެއްގެ އެކައުންޓަށް 50،000 ރުފިޔާ ޖަމާކޮށް ވައުދު ފުއްދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަމު ތުނޑީ އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

ގަމު ހޮސްޕިޓަލުގެ އާ އިމާރާތާއި ބަނދަރުގެ މަޝްރޫއު އެމްޓީސީސީއަށް

TTH_advertisement