ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮޓެލް ސްކޫލު މަޝްރޫޢަކީ މީހުން މިދާއިރާއިން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް: ރައީސް

ހުޅަމެންދޫންގައި ތަރައްޤީކުރާ ހޮޓެލް ސްކޫލަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ހުޅަމެންދޫގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކާ ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވަޢުދުފުޅެކެވެ.

ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މާމެންދޫގެ ތަރައްޤީއަށް އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިގޮތުން ހުޅަމެންދޫގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް މުހިއްމު ކުރިއެރުން ގެނެސްދޭނެފަދަ މަޝްރޫޢެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މި ހޮޓެލް ސްކޫލަކީ، މުޅި ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މުހިއްމު ސްކޫލެއް. މީހުން މިދާއިރާއިން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް.” ރައީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާމެންދޫގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކިގެންދާނެކަމަށެވެ. އެއާއެކު އިތުރު މަޝްރޫޢުތައް މިރަށުގައި ފެށިގެންދާނެކަމަށް ވިދާޅުވިއެވެ، މީގެއިތުރުން މިރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެނަކަ މެދުވެރިކޮށް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މާމެންދޫގައި ފެށި މަޝްރޫޢުތައްވެސް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ