ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

MPL_Ads
TTH_Ads
STO_Ads
Advertisement

އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ 8 މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން 5 މީހަކު ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައެވެ. މީގެ އިތުރުން، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ދެ މީހެއްގެ ހާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު، އެ މީހުންގެ ހާލަތު އަދިވެސް ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، މި ހާދިސާގެ ސަބަބުން ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މި އުނދަގޫ ދަނޑިވަޅުގައި ދިވެހިން ތިބީ ގެއްލުންވި އާއިލާތަކާއެކު ކަމަށް ވިދާޅުވިއެވެ.

MPL_Ads
HajjCop_ads
Advertisement

މީގެ އިތުރުން، ރާއްޖޭގެ މުޖުތަމަޢުގައި ބަންގްލަދޭޝް ރައްޔިތުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، މި މައްސަލަ ފުރިހަމައަށް ތަޙުޤީޤުކުރުމަށާއި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަންގްލަދޭޝްގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް