ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނގިރޭޓް ވައްކަމުގައި ތުހުމަތު ކުރެވޭ މުއާޒް މިފްކޯއިން ސަސްޕެންޑުކޮށްފި

1234

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މުއާޒް އަލީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކުރެވި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކުރެވިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަަތަރު މީހުން:އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީމުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށިމުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސްޒިވާރް އިސްމާއިލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫއޭގެ ތެރެއިން އާރިފަކީ ލޮޓަސްގެ ވެރިޔާ އެވެ. ދިގަލި ވަހީދަކީ އެޕޯލޯގެ ވެރިޔާ އެވެ. ދެން ހިމެނޭ މުއާޒަކީ ލިޓަސްގެ ވެރިޔާ އެވެ. ޒިވާރަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށްވާ އިރު، މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އެވެ.

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގައި ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީ، އެ މައްސަލައާ ގުޅިގެން 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

އެ ދެ ކޮންޓެއިނަރު ގެއްލިފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ.

އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ. އެކަން އެމްޕީއެލުން ހާމަކުރީ މިއަދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މިފްކޯ އިން މަޝްވަރާކޮށްފި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި