ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޕާކިސްތާނު ސިފައިން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ޕާކިސްތާނު ސިފައިން، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ބޮންއަޅަނީ:

ޕާކިސްތާނު ވައިގެ ސިފައިން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހަމަލާދިން ރަށްތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްވެސް ހިމެނެއެވެ.

ޕާކިސްތާނު ސިފައިން ދިން ހަމަލާތަކުގެ ސަބަބުން ވެރިރަށް ކާބުލްއާއި އެހެން ހިސާބުތަކުން ވަރުގަދައަށް އަލިފާނާއި، ކަޅުދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވަމުން އެބަދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނު ސިފައިން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ފަންސަވީހަށް ވުރެ ގިނަ ވައިގެ ހަމަލާ ދީފައި ވެއެވެ. ކަންދަހާރަށްވެސް ހަމަލާ ދީފައި ވެއެވެ.

ޕާކިސްތާނުން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް މިދިނީ، ޕާކިސްތާން – އަފްޣާނިސްތާން ބޯޑަރު ސަރަހައްދުގައި ދެގައުމުގެ ސިފައިންގެ މެދުގައި ވަރުގަދައަށް ހަމަލާތައް ބަދަލުކުރުމަށް ފަހުގައެވެ.

މި ހަމަލާތަކުގައި ދެފަރާތުންވެސް އެތައް ބަޔަކު މަރުވިއެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސިފައިން ބަރު ހަތިޔާރާއެކު، ޕާކިސްތާނުގެ ތެރެއަށް ވަދެގަންނަން އުޅުމުންވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.

އަފްޣާނިސްތާނުގެ މަސްދަރުތަކުން ބުނަނީ، ޕާކިސްތާނު ސިފައިން އަފްޣާނިސްތާނަށް ހަމަލާދޭން ފަށާފައިވަނީ އެމެރިކާއިން އަންގައިގެން އެމެރިކާގެ ޕްރޮޖެކްޓެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

ނަމަވެސް، ޕާކިސްތާނު ސިފައިން ދިން ހަމަލާތަކުގެ ރައްދު ވަރަށް ވަރުގަދައަށް ހިފާނޭ ކަމަށް، ތާލިބާނުންވަނީ އިންޒާރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަރާޗީ ޝޮޕިންގ މޯލް އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް، އެތައްބަޔަކު އަދިވެސް ނުފެނޭ

އިސްލާމްއާބާދު ހަމަލާއާ ގުޅުވައި ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ތުހުމަތު އިންޑިއާއިން ދޮގުކޮށްފި

އިސްލާމްއާބާދަށް ދިން ޓެރަރިސްޓު ހަމަލާ، ޕާކިސްތާނުގެ ބޮޑުވަޒީރު ހަރުކަށި އިމާރާތުން ކުށްވެރި ކުރައްވައިފި

ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައިފި

TTH_advertisement