ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައިފި

ޕާކިސްތާނު – އަފްޣާނިސްތާނު ވަކިކުރާ ބޯޑަރުގައި ހުންނަ ޕާކިސްތާނު ޗެކް ޕޮއިންޓަށް ތާލިބާނުން ހަމަލާދީ ހަލާކުކޮށްލާފައި:
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލީ 48 ގަޑިއިރަށެވެ.

ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލީ، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކަށް ވާހަކަ ދައްކައިގެން ސިޔާސީގޮތުން ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ.

HajjCop_ads
Advertisement

ޕާކިސްތާނާއި، އަފްޣާނިސްތާނާ ދެމެދު، ދެގައުމު ވަކިކުރާ ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލުކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވަނީއެވެ.

ހަމަލާތަކުގައި، ދެ ފަރާތުންވެސް އާންމުންނާއި، ސިފައިން މަރުވެފައި ވެއެވެ.

ޕާކިސްތާނު ވައިގެ ސިފައިން އިއްޔެ ވަނީ އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްވެ އިތުރުން، ކަންދަހާރަށްވެސް  ހަމަލާތައް އަމާޒުކުރިއެވެ.

މައްސަލަ ހޫނުވީ، އަފްޣާނިސްތާނުގައި ބޮންތަކެއް ގޮއްވާލުމުން، އެއީ ޕާކިސްތާނުން ކުރި ކަމެއް ކަމަށް ބުނެ ތާލިބާނުން ޕާކިސްތާނު ބޯޑަރު ސަރަހައްދަށް ފުރަތަމަ ހަމަލާތައް ދިނުމުންނެވެ.

ޕާކިސްތާނު ސިފައިން އިއްޔެ ކާބުލް އަށާއި، ކަންދާހަރަށް ދިން ހަމަލާތަކުގައި މީހުން މަރުވެފައި ވާއިރު، ޕާކިސްތާނުން ބުނެފައިވަނީ ސިފައިން ހަމަލާ ދީފައިވަނީ ޕާކިސްތާނު ތާލިބާން ހަނގުރާމަވެރިން ހިމާޔަތް ހޯދައިގެން ތިބި ތަންތަނަށް ސީދާ އަމާޒުކޮށް ކަމަށެވެ.

ހަމަލާތަކުގައި މަރުވެފައިވަނީ ހަނގުރާމަވެރިން ކަމަށްވެސް ބުނެފައި ވެއެވެ.

އެކަމަކު، އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުންވަނީ، ޕާކިސްތާން ތާލިބާން ހަނގުރާމަވެރިންނަށް އަފްޣާނިސްތާނުން ހިމާޔަތް ދޭ ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Pakistan

މައްކާ އަދި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ދިފާއުކުރުމުގައި ޕާކިސްތާނު ދެމިއޮންނާނެ: ޕާކިސްތާން

ފޮޓޯއިން ޚަބަރު: ސޮއިކުރެއްވުމުގެ ކުރިން 3 ލީޑަރުންވެސް ވަޑައިގެންނެވީ ހުކުރު ނަމާދަށް

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕާކިސްތާނުގެ ބޮޑުވަޒީރާއި، ސިފައިންގެ ވެރިޔާ މާދަމާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ