ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދޭނަން: ރައީސް

އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ށ. ކޮމަންޑޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާކަން އިއްޔެ ވަނީ އިޢުލާންކޮށްފައެވެ،

މިކަމަށް އިޝާރާތް ކުރަށްވައި ރައީސް ވިދާޅުވީ، މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، މިކަންކަމުގެ ފައިދާ، ދިވެހި ރައްޔިތުންނަށް ކުރަމުންދާނެކަމަށެވެ.

ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމުގައި، ޕޭޕަލް ފަދަ ކުރިއަރާފައިވާ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

“ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިޙްސާސް، ސީދާ ރައްޔިތުންނަށްވެސް ކުރެވިގެންދާނެ ދުވަސްތަކަކަށް ވާނެކަން ޔަޤީން،” ރައީސް

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި 2026 ވަނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާއިރު، އެކި ދާއިރާތަކުން އުފެއްދުންތެރިކަން ކުރިއަރުވައި، އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ