ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

މީޑިއާ ކޮމިޝަނަށް ކުރިމަތިލި 10 ބޭފުޅުންގެ ނަން ކޮމިޓީއަށް

majilis

އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވައިލުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ކޮމިޝަނަށް މަޖިލީހުގެ ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާން ކޮށްފައެވެ.

ކޮމިޝަނަށް ކުރިމަތިލި 10 ބޭފުޅުން:
ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި
މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
އިބްރާހިމް މުހައްމަދު، ގ. ވިންޑް
މޫސާ ރިލްވާން، މ. ހާވިލާ
މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
ޝެހެނާޒް އަދްނާން، ދރ. ރސ. 80580
މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ

ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.

މި ކޮމިޝަނަށް މީޑިއާތަކުން ހޮވަންޖެހޭ މެންބަރުން ވަނީ މިހާރު ހޮވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majlis

ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީ

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

dr khaleel

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

TTH_advertisement