ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީ

majlis
STO_Ads
TTH_Ads
Advertisement

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވާގޮތަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ދެ އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އަދި މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ.

މި ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ، ރާއްޖޭގައި މަލްޓި-ޕާޓީ ނިޒާމެއް އޮތުމާއެކު، އިންތިޚާބުތަކަށް ބޮޑު ބަދަލެއް ގެންނައިރު ޕާޓީތަކުގެ ބަސް ހޯދުން މުހިންމު ކަމަށެވެ.

HajjCop_ads
Advertisement

ޝުޖާއު ވިދާޅުވީ، އިންތިޚާބުތައް ބޭއްވުމުގެ ޤާނޫނީ ޒިންމާ އުފުލަނީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވާތީ، ޤާނޫނީ ގޮތުން ހުރި ކަންކަމާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. އަދި މި ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅުންނާ އަންނަ ހޯމަ ދުވަހު ބައްދަލުކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ޝުޖާޢުގެ މި ހުށަހެޅުން ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ވިދާޅުވީ، މި ބިލަށް ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި އާންމުންގެ ފަރާތުން ވަރަށް ގިނަ ޚިޔާލުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހު ބާއްވާ ބައްދަލުވުންތަކަށްފަހު، މި އިސްލާހާ މެދު ކޮމިޓީން ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަކީ، ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެކެވެ. ދެ އިންތިޚާބު އެއްކުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، އިންތިޚާބުތަކަށް ހޭދަ ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެެވެ.

ދެ އިންތިޚާބުގެ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި، ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށް ވެގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ. އެހެންވެ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ކުރީގެ ސަރުކާރުތަކަށްވެސް ޚިޔާލު ހުށަހެޅި ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

majilis

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި

majilis

މެތަލްފެނެޑޭޓް އެތެރެކުރަން ހުއްދަ ދިނުމަށް މަޖިލީހުން ރުހުންދީފި

majilis

ސައިބަރ ވެށި ރައްކާތެރިކުރުމަށް މުހިންމު ބިލެއް މަޖިލީހަށް ހުށަހަޅައިފި