ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ބާޒާރުގައި އޮރެންޖުގެ އަގުތައް ދަށަށްދާން ފަށައިފި

މާލޭ ބާޒާރުގައި އޮރެންޖުގެ އަގުތައް ދަށަށްދާން ފަށައިފިއެވެ.

ރާއްޖެއިން ބޭރުން އޮރެންޖު ގަންނަން ލިބުމާއި އަދި އެނޫންވެސް ބައެއްކަހަލަ ކަންކަމާހެދި މާލޭ ބާޒާރުގައި މިފަހުން އޮރެންޖެއްގެ އަގު ވަނީ 12 ރުފިޔާއަށް އަރައިގެން ގޮސްފައެވެ. އޮރެންޖުގެ އަގުތައް ބޮޑުވަމުން އަންނަތާ ދެމަހެއްހާ ދުވަސް ވެފައިވާއިރު، މިހާރު ބާޒާރުގައި އޮރެންޖުގެ އަގުތައް ވަނީ ދަށަށްދާން ފަށާފައެވެ.

އެގޮތުން ހުޅުމާލޭގެ ބައެއް ފިހާރަތަކުގައި މިހާރު އޮރެންޖެއް 6 ރުފިޔާއަށް ލިބެންހުރިއިރު، ބައެއް ފިހާތަތަކުން ބައެއް ފަހަރު އޮރެންޖު ގެނެސް 2.50 ރުފިޔާއަށްވެސް މިހާރު ވިއްކައެވެ. ިއަދު މާލޭ ބާޒާރުމަތީ ބައެއް ފިހާރަތަކުން 5 ރުފިޔާއަށް އޮރެންޖު ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ.

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު އިންތިހާއަށް ބޮޑުވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރުމުން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ރައްޔިތުން އާއްމު ދިރިއުޅުމުގައި އެންމެބޮޑަށް ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރުމަށް ނިންމާފައެވެ. އެސްޓީއޯއިން މިހާރުވެސް ވަނީ ސުޕަމާޓަށް ހެޔޮއަގުގައި އޮރެންޖު ވިއްކަން ނެރެފައެވެ. އެސްޓީއޯއިން އޮރެންޖު ވިއްކަނީ ކިލޯއެއް 30 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ދާއިމީ ގޮތެއްގައި އެކުންފުނީގެ ސުޕަމާޓުން އޮރެންޖުފަދަ ބާވަތްތައް ލިބޭނޭ އިންތިޒާމް ކުރިއަށްއޮތްތަނުގައި ހަމަޖެހިގެންދާނޭކަމަށެވެ.

އޮރެންޖަކީ ދިވެހިން އެންމެގިނައިން ބޭނުންކުރާ އެއް ބާވަތެވެ. އޮރެޖުގެ އިތުރުން އާފަލުގެ އަގުތައްވެސް ވަނީ މިއިން ޒަމާނަކު ބާޒާރުގައި އަގުތައް ނުއުފުލޭވަރަށް އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ޓެލް އޭޝިއާ އެގްޒިބިޝަންގައި ހުރި އެސްޓީއޯގެ ސްޓޯލަށް ގޮސްގެން އިނާމު ހޯދުމުގެ ފުރުސަތު

Whatsapp image 2025 10 15 at 13.37.11

އެސްޓީއޯއިން އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް ވިއްކަން ފަށައިފި

ކްލަބް މޯލްޑިވްސް ކަޕް: ކުއާޓާ ފައިނަލްގެ ޖާގައެއް އެސްޓީއޯ ކަށަވަރު ކޮށްފި

ޚާއްސަ އޮފަރތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އެލްޖީ ޓީވީ ތަޢާރަފްކޮށްފި

TTH_advertisement