ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާއްސަ އޮފަރތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އެލްޖީ ޓީވީ ތަޢާރަފްކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ޚާއްސަ އޮފަރތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރާއްޖޭގެ މާކެޓަށް އެލްޖީ ޓީވީ ތަޢާރަފްކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީ ޓީވީ ލޯންޗުކޮށްދެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.

ރާއްޖޭގެ މާކެޓަށް އަލަށް ތަޢާރަފްކުރި އެލްޖީ ޓީވީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރ، އައިޝަތު ނަޒާހަތު ވިދާޅުވީ، އެސްޓީއޯގެ ރީޖަނަލް ހުރިހާ ފިހާރަތަކެއްގައި ކުރިއަށްއޮތްތާނގައި އެލްޖީ ޓީވީ ލިބެން ހުންނާނެކަމަށެވެ.

HajjCop_ads
Advertisement

“އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މިއަދު ތަޢާރަފް މިކުރީ ރާއްޖޭގެ މާކެޓަށް އެލްޖީ ޓީވީ. އެލްޖީ ޓީވީ މިއަދު އަޅުގަނޑުމެން އަލަށް ތަޢާރަފް ކުރިއިރުގައި މިއަދުން ފެށިގެން ވަރަށް ޚާއްސަ އޮފަރއެއް ޓީވީތަކުގެ ހަމަ ވަރަށް ޚާއްސަ އަގެއްގައި ލިބިގެންދާނެކަން ފާހަގަކޮށްލަން. މި ޓިވީތައް މިއަދު އަޅުގަނޑުމެންގެ މި ޝޯވް ރޫމްގައި ހުއްޓަސް އަޅުގަނޑުމެންގެ ރީޖަނަލްސްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް އޮތްތާނގައި އެވައިލަބަލްވާނެ ވާހަކަވެސް ދަންނަވާލަން.” ނަޒާހަތު ވިދާޅުވިއެވެ.

އެލްޖީ ޓީވީއަކީ މިހާރުވެސް މާކެޓްގައި މަޝްހޫރު ބްރޭންޑެއްކަން ފާހަގަކުރައްވާ ނަޒާހަތު ވިދާޅުވީ، ޒަމާނީ އައު ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ އެލްޖީ ޓީވީތަކުގައި އާރޓިފިޝަލް އިންޓެލިޖެންސްގެ ޚާއްސަ ފީޗަރތަކެއް ހިމެނޭނެކަމަށެވެ.

އެލްޖީ ޓީވީ ރާއްޖޭގެ މާކެޓަށް ލޯންޗުކުރުމާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ އެލްޖީ ޓީވީތަކުން %10 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 28 އިން އޮކްޓޫބަރުމަހުގެ 9 ގެ ނިޔަލަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big

“އަމުލް” ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯއިން ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެއްޖެ

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ

minister saeed

އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ: ސައީދު