ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އިސްތިއުމާރީ ސިފައިން އެއްގަމުމަގުން ގާޒާ ސިޓީއަށް އަރައިގަތުން: އިދިކޮޅު ލީޑަރު ބުނީ ސިފައިން މަރުވުންނޫންކަމެއް ނުވާނޭ ކަމަށް

އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް

ގާޒާ ސިޓީ ހިފުމަށް އިސްރާއީލު ސިފައިން އެއްގަމުމަގުން އެ ސިޓީއަށް އަރައިގަތް މައްސަލާގައި އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އިސްރާއީލުގެ ވައިނެޓަށް ދިން އިންޓަރވިއުއެއްގައި ލަޕިޑް ބުނީ، އެއްގަމުމަގުން ގާޒާ ސިޓީއަށް ސިފައިން ފޮނުވުމުގެ ނަތީއަކަށް ވާނީ ސިފައިން މަރާ ކުރިމަތިލާން ޖެހުން ކަމަށެވެ.

އެކަމުގެ ސަބަބުން، ގާޒާ ސިޓީގައި ތިބި ކަމަށް ބެލެވޭ އިސްރާއީލުގެ ގައިދީންވެސް މަރުވާނީ ކަމަށް ލަޕިޑް ބުނެފައި ވެއެވެ.

ނަތަންޔާހޫ، ގާޒާ ސިޓީއަށް އެއްގަމުން ސިފައިން ފޮނުވި މަގްސަދެއް އެކަކަށްވެސް ނޭނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނަތަންޔާހޫ ހިންގި ސިޔާސީ މަގްސަދެއް ނެތް އަސްކަރީ އޮޕަރޭޝަނެއްގެ ވާހަކަ އޭނާ މިހާތަނަށް އަޑުއަހާފައި ނުވާ ކަމަށްވެސް ލަޕިޑް ބުނެފައި ވެއެވެ.

ނަތަންޔާހޫ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ހާސިލްކުރަން ބޭނުންވާ ކަމެއް އަދި އެކަމުގެ އާޚިރު ނަތީޖާއަކީ ކޮބައިކަން ސާފު ނުވާތީ ލަޕިޑް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގައިދީން އަނބުރާ ގެނެވޭނޭގޮތެއް އަދި ހަނގުރާމަ ނިމިގެންދާނޭގޮތެއްވެސް ނޭނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެހުރިހާ ކަމެއް ޣައްޒާގައި ހިންގަމުން، ބައިނަލްއަގްވާމީ ގޮތުން އިސްރާއީލު އެކަހެރި ކުރަމުންދާތީ ނަތަންޔާހޫ ރޮމުންދާ ކަމަށްވެސް، އިސްރާއީލުގެ އިދކޮޅު ލީޑަރު ބުނެފައި ވެއެވެ.

އެއްގަމުމަގުން ގާޒާ ސިޓީއަށް ސިފައިން ވަދެގަތުމާއެކު، ގައިދީންގެ އާއިލާތަކުންވަނީ ނަތަންޔާހޫގެ ގެ ކައިރީގައި ކުރަމުންދާ މުޒާހަރާ ހޫނުކޮށްފައެވެ. އާއިލާތަކުން ބުނަނީ، ހަމަލާތައް ހުއްޓާލައި ގައިދީން މިނިވަން ކުރުމަށް ހުރަސްއަޅަނީ އިސްރާއީލުގެ މަރުގެ ކެބިނެޓުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement