ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

އެފްއޭއެމްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މި ސީޒަންގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައިފިއެވެ.

މިކަން ހަމަޖެއްސުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް)އެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ ޢަބުދުالله ޔާމީން ރަޝީދެވެ.

މިކަމާ ގުޅިގެން ޠާރިޤް ވިދާޅުވީ، މި އެއްބަސްވުމާއެކު ބުރާސްފަތި ދުވަހު ފަށާ ފުޓުބޯޅަ ސީޒަންގެ މެޗުތައް ބްރޮޑްކާސްޓްކުރުމުގެ ރައިޓްސް ޕީއެސްއެމްއަށް ލިބިގެންދާނެ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރަނީ ޕީއެސްއެމްއަކީ ޒަމާންވާންދެން ހާއްސަކޮށް ކުޅިވަރު ކަވަރުކުރުމުގައި ވަރަށް ޒަމާންތަކެއް ހިމެނިގެންވާ ޓީމެއް އޮންނަ ފަރާތެއް. އެހެންވީމަ ފުޓްބޯޅަ މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި އެހެން މީޑިއާތަކޭ އެއްގޮތަށް ޕީއެސްއެމަށް ލީޑް ދައުރު އަދާކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑުމެން މި އެމްއޯޔޫގައި ސޮއިކުރީ. ޓޮމް.

ޕީއެސްއެމްގެ ފަރާތުން ޑީއެމްޑީ ޔާމީން ވިދާޅުވީ، އެ ބޭފުޅުންގެ މަޤުސަދަކީ ރާއްޖޭގެ ފުޓުބޯޅަ އަލުން ދިރުވުމަށް އެފްއޭއެމްއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުން ކަމަށެވެ.

މައިގަނޑު މަޤުސަދަކީ އެފްއޭއެމް އިން ހާއްސަގޮތެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް އަލުން އައު ހިތްވަރަކާއެކު މި ކުރަމުންދާ މަސައްކަތުގައި ޕީއެސްއެމް އެއްބާރުލުން ދިނުން. ދެން މީޑިއާގެ ދައުރު ކުޅިވަރުތައް ކުރިއަރާ ދިއުމުގައި ވަރަށް ބޮޑުވާނެ. އެކަން ޕީއެސްއެމުން މިހާތަނަށްވެސް ޕްރޫވްކޮށްދީފައިވަނީ. ޔާމީން

މިއަދު ވެވުނު އެއްބަސްވުމާއެކު، ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތްތައް ޝޯކޭސް ކުރުމަށްޓަކައިވެސް ޕީއެސްއެމުން މަސައްކަތްތަކެއް ކުރުން ހިމެނޭކަމަށް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

Aqeel

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި

މާފަންނު ދަނޑުގައި، އަމިއްލަ ފަރާތްތަކުގެ މުދަލެއް، އުޅަނދެއް ހުރިނަމަ ނަގަން އަންގައިފި

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

TTH_advertisement