ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރި: ޝިމާދު

Mal

ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރިކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިމާދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ ގުޅިގެން ކާބޯތަކެތި އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކުމުގެ ވިސްނުން އެބަހުރިކަމަށް ޝިމާދު ވިދާޅުވިއެވެ.

މީގެއިތުރުން ދުރު ރާސްތާއަށް ވިސްނާއިރު، ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު ރާއްޖެ އެތެރެކުރުމުގެ ވިސްނުން އެބަހުރިކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

“ފާޓިލިޓީ ހުރި މިންވަރަށް ބަލާފައި އެބަހުރި ރާއްޖޭގައި ހެއްދިދާނެ ތަކެތިވެސް. ކުކުޅު ފާމުތައް ހަދައިގެން ބިސް ފޯރުކޮށްދެވިދާނެ.” ޝިމާދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ.

ޝިމާދު ވިދާޅުވީ އެސްޓީއޯއިން އެ ތަކެތި އެތެރެކުރަނީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ނޫންކަމަށާއި އެކަމަށް ބޭނުންވާ ޑޮލަރު އެސްޓީއޯއިން ކުރާ ވިޔަފާރިތަކުން ލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

STO

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި