ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

112

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ފުރަތަމަ ބައިގައި ހިމެނޭ ކީވޯލް ކެޕިން ތަޅާލުމުގެ މަސައްކަތާއި، 72 މީޓަރުގެ ޝީޓް ޕައިލިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އާ ކީވޯލް ހެދުމަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުން މާލެއަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި، މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ވެގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް، 830 މީޓަރުގެ މަގުގައި ތާރުއަޅައި ހަތަރު ލޭނަށް މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި ރޯޑް މާކިން އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ ތިން ސެގްމަންޓަކަށް ބަހާލައިގެންނެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުއެވެ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 144 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި