ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ނިލަންދޫގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ ބޮޑުބައި ނިމިއްޖެ

112

ފ. ނިލަންދޫގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ފ. ނިލަންދޫގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލިއިރު، އެ މިސްކިތުގެ %65 ނިމިފައިވާ ކަމަށެވެ.

މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިނިސްޓްރީން ބުނީ މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބުރުވަރީ 2026 ގައި ކަމަށެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި މިސްކިތް ބިނާކުރަން ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ގާއިމްކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިސްކިތްތަކުގެ އިތުރުން، އިސްލާމްދީނުގެ ދާއިރާއިން އެހެނިހެން މަޝްރޫޢުތައް ހިންގުމަށް 20 ރަށެއް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމަށް ހަވާލުކޮށްފި

Mal

ނިލަންދޫގައި އެއާޕޯޓް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި

Faafu nilandhoo

ނިލަންދޫއިން ގެއްލިގެން ހޯދި އަންހެން ކުއްޖާ ފެނިއްޖެ، ހާލު ރަގަޅު

TTH_advertisement