ކުއްލި ޚަބަރު

ސައިކަލެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުހަބާއެއް ކިޔައިފި

ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރައްވައިފި

އެދެނީ ޤައުމީ ޔުނިވާސިޓީއަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށްވުމަށް: ރައީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަށް 52 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައެވެ.

ޤައުމީ ޔުނިވާސިޓީއަށް 52 ވަނަނަ އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް އަހަރީ ދުވަހުގެ މުނާސަބަތުގައި މަރުޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ ދުޢާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެވެ. އަދި ދިވެހިރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީވެސްމެއެވެ. ޤައުމީ ޔުނިވާސިޓީގެ މަޤްޞަދަކީ މީހުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އަދި މުޖުތަމަޢުގެ ޘަޤާފީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކޮންމެހެން މުހިންމު ޢިލްމު އުފައްދައި، ހޯދައި، ރައްކާކޮށް އަދި ފެތުރުމެވެ.

ޤައުމީ ޔުނިވާސިޓީން އަންނަނީ އެ ޔުނިވާސިޓީން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރނަގަލުޚޮށް މުޅި ރާއްޖެއަށް ޢިލްމު ފެތުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން އިތުރު ހަތަރު ކެމްޕަސް އަތޮޅުތެރޭގަިއ އަންނަނީ ހިންގަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަކީ ޢިލްމު އުފެއްދުމާއި، ހޯދުމާއި، ރައްކާތެރިކުރުމާއި، ފެތުރުމުގެ މިޝަނަކާއެކު، މަތީ ތައުލީމު ހާސިލްކުރާ ކޮންމެ ކުއްޖެއްގެ ދިރިއުޅުމާއި ކުރިއެރުވުމަށް ޚާއްސަ ތަނެކެވެ. މި ޤައުމުގެ ސަޤާފީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ތަނެއެވެ.

ރާއްޖޭގައި އެންމެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީގައި 200އަށް ވުރެއް ގިނަ ކޯސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް މިހާރު އަންނަނީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް: ރައީސް

JSC

މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ޤަވާއިދަށް އިސްލާހެއް

muiz police

ދިވެހި ފުލުހުން ރެޔާއި ދުވާލު ކުރައްވަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުރުކު

high court

މީހަކަށް ގޯއްޗެއް ދޭން ދައުލަތުގެ މައްޗަށް ކުރި އަމުރު ހައިކޯޓުން ބަދަލެއް ނުކުރި

ELL Mobile Advertisement TTH_advertisement