ކުއްލި ޚަބަރު

ސައިކަލެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުހަބާއެއް ކިޔައިފި

ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރައްވައިފި

ހަމާސްގެ މުޖާހިދުންދިން ކުއްލި ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ އެކަކު މަރާލައި 11 މީހުން ޒަޚަމް، 4 ސިފައިން ގެއްލިފައި

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީ ހިފުމަށް ހަމަލާ ދެމުންގެންދާ އިސްތިއުމާރީ ޓެރަރިސްޓު ސިފައިންގެ ގްރޫޕަކަށް މުޖާހިދުންދިން ކުއްލި ވަރުގަދަ ހަމަލާއެއްގައި ޓެރަރިސްޓު ސިފައިންގެ އެކަކު މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މުޖާހިދުންގެ ހަމަލާގައި އިސްރާއީލު ސިފައިންގެ 11 މީހަކު ވަރަށް ބޮޑަށް ޒަޚަމްވިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، ހަމަލާއަށްފަހު ވީނުވީއެއް ނޭނގި ގެއްލުނު އިތުރު 4 ސިފައިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒަޚަމްވި ސިފައިން އަނބުރާ ގެންދިއުމަށްޓަކައި އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަހައްދަށް ފޮނުވައިގެން އުފުލާފައި ވެއެވެ.

ހަމާސްގެ މުޖާހިދުން ކުއްލި ހަމަލާ ދީފައިވަނީ، ގާޒާ ސިޓީގެ ޒައިތޫން އަވަށުގައެވެ. ޒައިތޫން އަވަށަށް ޓޭންކާއި، ބުލްޑޯޒަރުތަކާ އެކު އަރައި، އެ އަވަށުން އާންމުން ބޭރުކޮށް އެ އަވަށް ބިމާހަމަކުރުމުގެ މަސައްކަތް ޓެރަރިސްޓުން ގެންދަނީ ކުރަމުންނެވެ.

އޭގެކުރިން ޒައިތޫން އަވަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، އެތައް އާންމުން ޝަހީދުކޮށްލާފައި ވެއެވެ.

މިހާރުވެސް އިސްތިއުމާރީ ސިފައިން ގެންދަނީ ގާޒާ ސިޓީގެ ސަބްރާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިސްރާއީލު ސިފައިން ގާޒާ ސިޓީ ހިފުމަށް ހަމަލާތައް ދޭން ފަށާފައިވާ އެއް ސަބަބެއް ކަމަށް ބުނެފައިވަނީ، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ގައިދީން މިނިވަން ކުރުމެވެ.

ނަމަވެސް، ހަމާސްގެ އަސްކަރީ ފިޔައިގެ ތަރުޖަމާނު އަބޫ އުބައިދާ މިއަދުވެސް، ވިދާޅުވީ، ޣައްޒާ ހިފުމަށް މަސައްކަތް ކުރާ ވަރަކަށް އިސްތިއުމާރީ އިތުރު ސިފައިން ހަމާސްގެ އަތްދަށުވަމުންދާނޭ ކަމަށެވެ. ހަމާސްގެ މުޖާހިދުން ތިބީ އެކަމަށް ހުރިހާ މާނައެއްގައި ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އަބޫ އުބައިދާ ވިދާޅުވެފައި ވެއެވެ.

ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ ސިފައިން ހަނގުރާމަ ފެށިފަހުން، މުޖާހިދުންގެ ހަމަލާތަކުގައި މިހާތަނަށް 455 މީހުން މަރާލައި، އެތައްސަތޭކަ ސިފައިން ޒަޚަމްކޮށްލާފައި ވެއެވެ.

ހަނގުރާމަ ފެށިފަހުން ހަމާސްގެ އަތްދަށުވީ ސިފައިންގެ އަދަދުތައް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމާސްގެ އަސްކަރީ ފިޔައިގެ ތަރުޖަމާނު އަބޫ އުބައިދާ އަވަހާރަކޮށްލައިފި ކަމަށް ރިޕޯޓްތައް ފެތުރެން ފަށައިފި

ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން އިތުރު ތުއްތު ކުއްޖަކު މަރުވެ، އަދަދު 333 އަށް އަރައިފި

ހޫޘީން ބަދަލުހިފާނެތީ އިސްރާއީލު ކެބިނެޓް ބައްދަލުވުންތައް ސިއްރުތާކަށް ބަދަލުކޮށްފި، ޔަމަނުގެ ރައީސް އަންގަނީ ޒަޔަނިސްޓު ދައުލަތް މިފަހަރު މުލުން ލުހެލާނެކަމަށް

އިސްރާއީލުން ދިން ހަމަލާގައި ބޮޑުވަޒީރާއި، ކެބިނެޓް ވަޒީރުންތަކެއް އަވަހާރަވެފައިވާކަން ހޫޘީން ކަށަވަރުކޮށްދީފި

TTH_advertisement ELL Mobile Advertisement