ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ކިޔަން ފަނޑިޔާރުންނަށް ނިކުމެވޭނެ: ޖޭއެސްސީ

”ވަން ޕީސް“ގެ ތަރި ޓެޒް ސްކައިލާ ރާއްޖޭގައި

ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ

ސަރުކާރުގެ އަމާޒަކީ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއްނެތި، ވެފައިވާ ވަޢުދުތައް ފުއްދުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސިޔާސީ ވިސްނުމަށް ބުރަނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުން އެދޭ ތަރައްޤީއަށް ވާޞިލުވުމަށް ކަމަށެވެ. މިގޮތުން، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކަކީވެސް ރައްޔިތުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އިޞްލާޙުތަކުގެ މަޤްޞަދަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމުކުރުމާއެކު، ކައުންސިލްތަކުގެ ޒިންމާދާރުކަން އިތުރުކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާަރުކާރުތަކާ ޚިލާފަށް، މިިހާރުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްނާޅާނެއެވެ. އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާއަށް ރިޢާޔަތްކުރައްވައި، މޭޔަރެއްގެ ހައިސިއްޔަތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

387946 1b318cc6 5

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ކިޔަން ފަނޑިޔާރުންނަށް ނިކުމެވޭނެ: ޖޭއެސްސީ

112

ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ

112

ގެދޮރުވެރިޔާ ފުލެޓްތައް ހުންނަ ސަރަހައްދުގައި ދުވާރު ހެދުމުގެ ބޮޑު ބައި ނިމިއްޖެ

112

ބަނގުރަލާއެކު ހުޅުމާލެއިން 57 އަހަރުގެ މީހަކު ހައްޔަރުކޮށްފި

TTH_advertisement ELL Mobile Advertisement