ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ

police
TTH_Ads
STO_Ads

ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް މީހާ ކަމަށް ފުލުހުން ބުނެފިއެވެ.

ވޯޓާ ޕާކް ތެރެއިން އޭނާ ފެނިފައިވަނީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން އެސަރަހައްދު ބަންދުކޮށް، އެއީ ކާކުތޯ ދެނެގަތުމުގެ މަސައްކަތް ފެށިއެވެ. އެމީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ އެއްކޮށް ކުނިވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުުން މިރޭ ބުނީ، އެ ސަރަހައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ، 2025 އޯގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ނެޕާލަށް ނިސްބަތްވާ ރުޕަން ތަޕާ މަގަރު (29އ) ކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

HajjCop_ads

އަދި މިހާތަނަށް ބެލި ބެލުމުން، ރުޕަން ތަޕާ މަގަރު ނިޔާވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ