ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް  

Dsc 8450

އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެމްްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެމްއޭސީއެލްއާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިމްރާނެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

މަތިވެރި އެއާޕޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ އެއާޕޯޓު ތަރައްގީކުރަން އިއުލާނުކުރީ “ކްރޮސް ސަބްސިޑީ” އުސޫލުންނެވެ.

އެ މަޝްރޫއުގައި ހިމެނެނީ 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްގީކުރުމާއި ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރުމެވެ.

މަތިވެރީ ފަޅުން ހިއްކުމަށް ހަމަޖައްސާފައިވަނީ 26.5 ހެކްޓަރުގެ ބިމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް

DSC

މި ދަނޑިވަޅުގައި ރާއްޖެއިން މަސައްކަތްކުރާނީ އަރަބި ގައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި: ރައީސް