ކުއްލި ޚަބަރު

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި “ގައުމީ ބޮޑު އެއްވުން” މާދަމާ ބާއްވަނީ

ބީއެމްއެލް ސްޓޫޑެންޓް ކާޑަށް އެދިގެން 1000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ފޮގްކުރަން ފަށައިފި

ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Dsc 2559

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ބ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ކަމަށްވާ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ވަނީ ޒިޔާރަތްކުރައްވައިފައެވެ. އަދި އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެއްވައިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ވަނީ ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތް ތަޢާރަފުކުރައްވައިފައެވެ. އަދި އެ އަތޮޅު މާޅޮސް، ފެހެންދޫ، ތުޅާދޫ އަދި ގޮއިދޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވައިފައެވެ.

އެ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ މާމަޑުއްވަރީ، ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަން އަދި އެ އަތޮޅު އިންނަފުށި، ފުޅަދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވައިފައެވެ. އަދި ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި، ދަރަވަންދޫ އެއާޕޯޓު އަޕްގްރޭޑްކުރެއްވުމުގެ މަސައްކަތްކުރުމަށް އައިލެންޑް އޭވިއޭޝަނާ އެ އެއާޕޯޓު ހަވާލުކުރަން ނިންމަވާފައިވާކަން ވެސް އިއުލާންކުރެއްވިއެވެ.

އޭގެ އިތުރުންވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްގީގެ މަސައްކަތްތައް ފެށުމާއި، އެއްބަސްވުންތަކުގައި ސޮއިކުރުން އެ ދަތުރުފުޅުގައި ކުރިއަށްދިޔައެވެ. އަދި މި އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގުމަށް ތާވަލުކޮށްފައިވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ.

އެ ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސްދެއްކެވި ވާހަކަފުޅުތަކުގައި، ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ގާއިމުކޮށް، ރައްޔިތުން ބާރުވެރިކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ތަކުރާރުކުރައްވާފައިވެއެވެ. އަދި ތަރައްގީގެ ތަސައްވުރު ހަގީގަތަށް ހެދުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސް އާއި މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

372251 3 2b65be570381b1eaebeb8b3a28290ce1de256ecb large

އޮގަސްޓު މަހުގެ ފުރަތަމަ ހަފުތާގައިވެސް ދައުލަތުގެ ބަޖެޓް ސާޕްލަސްއެއްގައި

Police vcle

ފުލުހުންގެ އިދާރާގެ ތިޖޫރީއަކުން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަނީ

112

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި “ގައުމީ ބޮޑު އެއްވުން” މާދަމާ ބާއްވަނީ

Whatsapp image 2025 08 14 at 00.38.48

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ފޮގްކުރަން ފަށައިފި

ELL Mobile Advertisement TTH_advertisement