ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

މައްސަލަ ޙައްލުކޮށް މުޅި މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި

stelco

ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ޙައްލުކޮށް މުޅި މާލެ އާއި ހުޅުމާލެއަށް މިހާރު ކަރަންޓު ދީފައިވާ ކަމަށާއި، ކަރަންޓުގެ ޚިދުމަތް ނުލިބޭނަމަ 104 އަށް ގުޅުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

މިއަދު މެންދުރު 12:35 ހާއިރު މުޅި މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، އެކި ހިސާބުތަކަށް ކަރަންޓު ދެމުން ގޮސް ހުރިހާ ތާކަށް ކަރަންޓު ދީ ފުރިހަމަކުރެވުނީ 13:50 ހާއިރުއެވެ.

“ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން.” ސްޓެލްކޯއިން ބުނެފައިވެއެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

stelco

މިއަދު މެންދުރުފަހު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

112

މުހިންމު މަސައްކަތެއް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

Mal

ސްޓެލްކޯގެ މުވައްޒަފުން ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރި ކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

TTH_advertisement