ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގް ސަޕްލައިކުރާ ބޯޓެއް

ކަރަންޓްގެ ފެންވަރު ރަނގަޅުކުރަން ސްޓެލްކޯ އިން އުކުޅަހަށް އިތުރު ޖަނެރޭޓަރެއް ފޮނުވައިފި

ދާ ޖަހައިގެން މަސް ހިފި މައްސަލައެއް ބަލަނީ

އޭދަފުށީގައި ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކޮށް، ހޮސްޕިޓަލަށް އާ އިމާރާތެއް އިތުރުކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ބ. އޭދަފުށީގައި ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި، ބ. އަތޮޅު ހޮސްޕިޓަލުގައި އާ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޭދަފުއްޓަށް ވަޑައިގަތީ މިއަދު ހަވީރެވެ. އެރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެތައް ބަޔަކު ނުކުމެ ވަނީ މަރުޙަބާ ކިޔައިފައެވެ. ސަގާފީ ހަރަކާތްތަކާއެކު ރައިސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ކީއިރު، އެރަށުގެ ބަނދަރަށް ގާތްގަނޑަކަށް ހާހެއްހާ މީހުން އެއްވެ ތިއްބެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮތީ މިރޭ އެރަށުގެ މަލްޓި ޕާޕަސް އިމާރާތުގައެވެ.

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.

އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް ވަނީ އޭދަފުށީގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކީ މަރުޙަބާއަށް ޝުކުރުއަދާކުރައްވާފައެވެ.

އޭދަފުށީގައި ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމަށް ވިދާޅުވެ، ސަލީމް ވިދާޅުވީ އޭދަފުށީގެ ރައްޔިތުން އެންމެ ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ބ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ. ދަތުރުފުޅުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ އޭދަފުށީގެ އިތުރުން ކަމަދޫ އާއި ކުޑަރިކިލު އަދި ކެންދޫ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށި ކަޕް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން ރެކޯޑެއް ހަދަން “ބާނި” ހަރަކާތް ތައްޔާރުވަނީ

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފި

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

TTH_advertisement