ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުގެ ފަލްސަފާ: ރައީސް

ފުލުހުންގެ ސައިބާ ސެކިޔުރިޓީ އޮޕަރޭޝަން ސެންޓަރު ހުޅުވައިފި

ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުގެ ފަލްސަފާ: ރައީސް

411832 6a3b4c7a e

ދައުލަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް އެފަދަ މަޝްރޫޢުތައް ބައްޓަންކޮށް، ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނާ އަދި ސަރުކާރުގެ ފަލްސަފާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކެންދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ރައްޔިތުންގެ ގާތަށް އެމަނިކުފާނާއި، ކެބިނެޓް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވަޑައިގެން، ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވައިގެން ކަމަށެވެ. އަދި، އެމަނިކުފާނާއި، ދައުލަތުގެ ފަލްސަފާއަކީވެސް އަދި ޤަބޫލުފުޅުކުރައްވާ ހަމައަކީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނު ތަޖުރިބާކުރައްވާފައިވާ ނިޒާމެއްކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ފުރިހަމަކަމާއި، އޭގެ މުހިންމުކަމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާތައް އަދާކުރުމުގައި އިޚްލާޞްތެރިވުމާއި އަމާނާތްތެރިވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށްވެސް މުހިންމު ނިޒާމެއްކަމަށާއި ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކައުންސިލްތަކުގެ ކުންފުނިތަކުން އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށްވަނުން ހުއްޓުވުމަށް ގެނައި ޤާނޫނީ އިޞްލާޙްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެފަދަ އިޞްލާޙެއް ގެނައީ، އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ލާބައަށްކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއެކު ދެމިތިބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ފުލުހުންގެ ސައިބާ ސެކިޔުރިޓީ އޮޕަރޭޝަން ސެންޓަރު ހުޅުވައިފި

112

ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

Kudarikilu (1)

ބީއެމްއެލް އިން ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފުތާގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރަނީ

411828 d2a82d18 2

ރިޔާސީ އިންތިޚާބުގައި ކުޑަރިކިލު ރައްޔިތުން ކުރި އިތުބާރުގެ ނަތީޖާ ދައްކުވައިދޭނަން: ރައީސް

TTH_advertisement ELL Mobile Advertisement