ކުއްލި ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

އެސްޓީއޯގެ “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

މާޒިޔާ މެޗަށް ކުވެއިތު ޓީމު ރާއްޖެ އަތުވެއްޖެ

Main 20250809 145729

އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ދެކޮޅަށް ކުޅޭ މުޗަށް ކުވެއިތުގެ އަލް އަރަބި ޓީމު މާލެ އަތުވެއްޖެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް އަލް އަރަބި ޓީމުން އައީ ހުކުރު ދުވަހުއެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 15:00ގައެވެ.

މި މެޗަށް އައުމުގެ ކުރިން ކުވޭތު ޓީމުން ވަނީ އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގެ ހަޓާއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ހަޓާއެވެ. އެ މެޗުގައި އަލް އަރަބްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް އަނާޔޯ އިވުއާލާއެވެ.

މާޒިޔާ އާއި އަލް އަރަބި ބައްދަލުކުރާ މެޗުގެ އިތުރުން، އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގެ 6 މެޗެއް އެ ދުވަހު ކުޅޭނެއެވެ.

އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާ އިތުރު މެޗުތައް:

އަބަހާނީ (ބަނގްލަދޭޝް) އާއި އެފްސީ މުރަސް ޔުނައިޑެޓް (ކިރުގިސްތާން) – ބަނގްލަދޭޝްގައި

ޕަރޯ އެފްސީ (ބޫޓާން) އާއި އަބޫ މުސްލިމް ފަރަހް އެފްސީ (އަފްޣާނިސްތާން) – ބޫޓާންގައި

ޓައިނަން ސިޓީ (ޗައިނީޒް ޓައިޕޭ) އާއި ހަންގަރްދީ ކުލަބު (މޮންގޯލިއާ) – ޓައިޕޭގައި

އެޒްރާ އެފްސީ (ލާއޯސް) އާއި ޔަންގޮން ޔުނައިޓެޑް (މިޔަންމާ) – މިޔަންމާގައި

ތައިޗުން ފުޓްރީ އެފްސީ (ޓައިވާން) އާއި އެސްޕީ ފެލްކަންސް (މޮންގޯލިއާ) – މޮންގޯލިއާގައި

ކަސުކާ އެފްސީ (ބުރޫނައީ) އާއި ފެނޮމްޕެންހ ކްރައުން އެފްސީ (ކެމްބޯޑިއާ) – ބުރޫނާއީގައި

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ފުލުހުންގެ ސައިކަލެއްގައި ޖެއްސި ކާރެއްގައި ތިބި ދެ މީހަކު ހައްޔަރުކޮށްފި

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު ރާއްޖެ ގެނެސްފި

via

ވީއައިއޭގައި މާރާމާރީއެއް

Large 161337206156merw

ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލަ އިތުރަށް ތަހުގީގުކުރަނީ

ELL Mobile Advertisement TTH_advertisement