ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯގެ “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

112
TTH_Ads
STO_Ads
Advertisement

ސްކޫލް ބަންދަށްފަހު ހުޅުވުމާއި ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން “ބެކް ޓު ސްކޫލް ޕްރޮމޯޝަން”ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުންކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ބައެއް ތަކެތީގެ ތެރޭގައި، ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ އުފެއްދުންތައް ހިމެނެއެވެ. ޑެވޮންޑޭލް ކިރަކީ ގިނަ ކުޑަކުދިންނަށް ކަމުދާ ކިރެކެވެ. އަދި ކުއިކްބެރީ އަދި ނަބާޓި ބްރޭންޑްގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓްތައްވެސް މި ޕްރޮމޯޝަންގައި ހިމެނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރިކުރައްވާ ކޮންމެ ފަރާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ކޫޕަނެއް ލިބިގެންދާނެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް “ޕީކަބޫ” ފިހާރައިގެ އަގުހުރި ގިފްޓް ވައުޗަރުތައް ލިބިގެންދާނެއެވެ. 1 ވަނައަށް ހޮވޭފަރާތަކަށް 5,000 ރުފިޔާ، 2 ވަނައަށް 2,500 ރުފިޔާ އަދި 3 ވަނައަށް 1,500 ރުފިޔާގެ ވައުޗަރު ލިބޭނެއެވެ.

HajjCop_ads
MMA_Ads
Advertisement

މީގެއިތުރުން، ސްކޫލް ކުދިންނަށް ބޭނުންވާ އިންޓަވަލް ފުޅި ފަދަ ސާމާނުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 7 ސެޕްޓެމްބަރ 2025 އާ ހަމައަށެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ

އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް ހެދުން އެއީ އަމާޒް: ޝިމާދު

ދ.މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފި