ކުއްލި ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

އެސްޓީއޯގެ “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

މާފުށީގައި ހޮޓަލެއް އަޅަން ހައްޖު ކޯޕަރޭޝަނުން ބީލަމަށް ހުޅުވާލައިފި

maafushi

ކ. މާފުށީގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބީލަމަށް ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުންނެވެ.

ބައިނަލްއަގްވާމީ ގޮތުން ވާދަވެރި ބީލަމަކަށް ހުޅުވާލާފައިވާއިރު، މި ބީލަމުގައި ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ބިޑުކުރެވޭނެއެވެ.

ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ 15:00 އާ ހަމަޔަށް ވަނީ ރެޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރެޖިސްޓާ ކުރުމަށްފަހު، ފީގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި 800،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ބިޑު ހުށަހެޅުމަށް ހުޅުވާލާނީ އިއުލާނުގައިވާ ގޮތުން މި މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައި ހައްޖު ކޯޕަރޭޝަންގަ އެވެ.

ހައްޖު ކޯޕަރޭޝަނަށް 5 އަހަރު ފުރުމާ ގުޅިގެން އެ ކުންފުނީގެ މެންޑޭޓަށް ގެނެވުނު ބަދަލުތަކާއެކު، އެ ކުންފުނިން ދަނީ އާމްދަނީ އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އާމްދަނީ އިތުރުކުރުމުގެ ގޮތުން ހަލާލް ޓޫރިޒަމަށް އިންވެސްޓުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ފުލުހުންގެ ސައިކަލެއްގައި ޖެއްސި ކާރެއްގައި ތިބި ދެ މީހަކު ހައްޔަރުކޮށްފި

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު ރާއްޖެ ގެނެސްފި

via

ވީއައިއޭގައި މާރާމާރީއެއް

Large 161337206156merw

ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލަ އިތުރަށް ތަހުގީގުކުރަނީ

TTH_advertisement ELL Mobile Advertisement