ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންނަށް ދަތިވުމުން އެސްޓީއޯއަށް ކެތެއް ނުވި، ފިޔާގެ ޝިޕްމަންޓެއް ގެންނަނީ

112

ރާއްޖޭގެ ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން އެސްޓީއޯ އިން ފަށައިފިއެވެ.

މޫސުން ގޯސްވެ މުދާ ކްލިއާކުރުމުގައި ދަތިތަކެއް ހުރުމުން ބާޒާރުގައި ފިޔާ ލިބުން ވަނީ ދަތިވެފައެވެ. އެކަމުގެެ ސަބަބުން ރައްޔިތުންނަށް ދަރިވާތީ އެސްޓީއޯއަކަށް ކެތެއްނުވިއެވެ. އެހެންވެ، ރައްޔިތުންނަށް ދަތިނުވެ ފިޔާ ލިބޭނެ ގޮތް ހަދަން އެ ކުންފުނިން ވަގުތުން މަސައްކަތް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ވަރަށް އަވަހަށް ރާއްޖެއަށް ފިޔާ ޝިޕްމަންޓެއް ގެނެސް ބާޒާރުން ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް ފަސޭހަކަމާއެކު ޒަރޫރީގޮތުން ބޭނުންކުރާ ކާބޯތަކެތި ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އަބަދުވެސް އެސްޓީއޯ ދެމިއޮވެއެވެ. މާޒީގައި އެ ކުންފުނިން ވަނީ އެކަން ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

ހަނިމާދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފި