ކުއްލި ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި

އެސްއީޒެޑްގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައިފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

އިސްރާއީލަށް ނުރައްކާ ކުރާނަމަ އީރާނަށް އަލުން ހަމަލާދޭން ޖެހިދާނެ: އިސްރާއީލުގެ ޑިފެންސް މިނިސްޓަރު

އިސްރާއީލަށް ނުރައްކާ ކުރާނަމަ އީރާނަށް އަލުން ހަމަލާދޭން ޖެހިދާނެ ކަމަށް ބުނެ، ޒަޔަނިސްޓު އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކާޒް އިންޒާރު ދީފިއެވެ.

ޑިފެންސް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ކާޒް ބުނެފައިވަނީ، އިސްރާއީލަށް ނުރައްކާ ކުރިމަތިކޮށް ގެއްލުމެއް ދޭން އުޅޭނަމަ އިސްރާއީލުގެ “ދިގުއަތް” ތެހެރާނަށާއި، އިސްފަހާން އަދި ތަބްރީޒަށްވެސް ފޯރާނެކަން އީރާނު ދަންނަން ޖެހޭނޭ ކަމަށެވެ.

އިސްރާއީލަށް ފިލައި ތިބެވޭނޭ އެއްވެސް ތަނެއް އީރާނުގައި ނުހުންނާނެ ކަމަށްވެސް ކާޒްގެ އިންޒާރުގައި ވެއެވެ.

އީރާނަށް ހަމަލާދިނުމަށް އިސްރާއީލަށް އެނބުރި ދާންޖެހިއްޖެނަމަ އެނބުރި ދާނީ “މާވަރުގަދަ ބަރަކާއެކުގައި”  ކަމަށްވެސް، ކާޒް ބުނެފައި ވެއެވެ.

އިސްރާއީލުން، މިދިޔަ ޖޫންމަހުގެ 13 ވަނަ ދުވަހު އީރާނަށް އިސްވެ ވައިގެ ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން އީރާނުން ޖެހިގެން އައިދުވަހު އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭންފެށިއެވެ.

އޭގެފަހުން އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަސްވަންދެން ހަނގުރާމަކޮށްފައި ވެއެވެ.

ދެފަރާތުން ބަދަލުކުރި ހަމަލާތަކުގައި އެތައްބަޔަކު  މަރުވެ، ބޮޑެތި ގެއްލުންތައް އީރާނަށްވެސް އަދި އިސްރާއީލަށްވެސް ލިބުނެވެ.

އީރާނުގެ ހަމަލާތައް ވަރުގަދަކަމުން، އިސްރާއީލުގެ ތެލް އަވީވާއި، ހައިފާއާއި އަދި އެހެންނިގެން ރަށްތައް ސުންނާފަތިވާން ފެށުމުން، އީރާނު ހުއްޓުވީ އިސްރާއީލު އެމެރިކާގެ ރައީސް ޓްރަމްޕްގެ ގާތުގައި ރޮއި ހޭރި އާދޭސްކުރުމުން ކަމަށް، ހަނގުރާމަ ހުއްޓާލިފަހުންވަނީ ހާމަވެފައެވެ.

ދެފަރާތުން ހަމަލާތައް ހުއްޓާލީ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ހާމަވެގެންދިޔައީ، މެދުއިރުމަތީގެ “ސުޕަރޕަވަރ” އަކީ އިސްރާއީލު ނޫންކަމެވެ. އީރާނުގެ ކުރިމަތީގައި އިސްރާއީލަކީ މާބޮޑު ބާރެއް ނޫންކަންވެސް ހާމަވެގެންދިޔައެވެ.

އިސްރާއީލުން ބޮޑާ ބަސްތައްބުނެ، ބާރުދައްކަން އަނެއްކާވެސް މިއުޅެނީ، އީރާނުން ދިން ހައިރާންވާފަދަ ވަރުގަދަ ހަމަލާތަކާ ގުޅިގެން ކުރިމަތިލާންޖެހުނު ލަދުން އަރައިނުގަނެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

ތުރުކީއާއި ގަތަރުގެ ސިފައިންނަކަށް ޣައްޒާއަކަށް ނޭރޭނެ: ނަތަންޔާހޫ

އީރާނުގެ ވެރިކަން ބަދަލުކޮށްލަން ދިގުލައިގެންދާ ހަމަލާތަކެއްދޭން އެމެރިކާ، އިސްރާއީލު ތައްޔާރުވަނީ

TTH_advertisement