ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

36 މަސްވެރިޔަކަށް ސަރުކާރުން މާލީ އެހީ ދީފި

121

މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުން ކުރާ ސަމާނު ގަތުމަށާއި މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންނަށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްގީ ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން ކުރި އެފަދަ މުހިންމު ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމަށް ނުކުންނަ މީހުން ގިނަވަމުން އަންނަ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެ: ޝިޔާމް

98b

ރާއްޖެއިން ބައިވެރިވި އދ. ގެ ތިންވަނަ އޯޝަން ކޮންފަރެންސް ނިންމާލައިފި

Cccw

ކަނޑުތައް ހިމާޔަތްކުރުމަށް އދ. ގެ ތިންވަނަ ކޮންފަރެންސް ރާއްޖެއިންބައިވެރިވެވަޑައިގަންނަވައިފި

ސހުަޖ

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ވެއްޖެ: ޝިޔާމް

TTH_advertisement