ކުއްލި ޚަބަރު

ޕާކިސްތާނު މީހަކު ރާއްޖެ ގެނައި ޑްރަގާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށް

130 ޑްރަގް މައްސަލާގައި ހިމެނޭ ޝަހީބަށް އިއްވި ހުކުމް އިސްތިއުނާފުކޮށްފި

ވަގަށް ވޭޕް ވިޔަފާރި ކުރަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް, ގިނަ އަދަދެއްގެ ވޭޕް ވެސް އަތުލި

ގެއްލިފައިވާ އިތުބާރު އަލުން އެފްއޭއެމްއަށް ހޯދައިދޭނަން: ޠާރިޤު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ގެ މަގާމަށް ކުރިމަތިލެއްވީ ރާއްޖޭގެ ފުޓްބޯޅަ އޮތް އަޑިގަނޑުން ނަގައި، އެފްއޭއެމްއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް ކަމަށް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

މިމަހުގެ 26 ގައި އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވުމަށް މިއަދު ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާއާއި ބައްދަލުކުރައްވާ ޠާރިޤް ވިދާޅުވީ އިންތިހާބަށް ނިކުންނެވީ އެފްއޭއެމް މާލީގޮތުންނާ އެހެނިހެން ގޮތްގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމުގެ އުންމީދުގައި ކަމަަށެވެ. އަދި އެގްޒެކެޓިވް ކޮމިޓީއެއް އެކުލަވާލާ ކަންކަން ރަނގަޅު ކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ އުންމީދަކީ އަހަރެއްހާ ދުވަހުގެތެރޭގައި ނޯމަލް ޕްރޮސެސްއަށް އެފްއޭއެމް ގެންދެވޭނެ ކަމަށް. އޭގެ ތެރޭގައި ފައިނޭޝަލީ ކަންތައްތައްވެސް އަދި މުބާރާތްތައްވެސް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ގެންދެވޭނެ ގޮތަށް ތަރުތީބު ކުރުން އެއީ އަޅުގަނޑުމެންގެ އުންމީދަކީ” ޠާރިޤު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިނބަދޫ ދާއިރާގެ މެންބަރު ތޯރިގް ވިދާޅުވީ ކުރިން ތާއީދު ނުލިބުނު ކުލަބުތަކުންވެސް މިފަހަރު އޭނާއަށް ތަައީދު ކުރެއްވީ އެ ކުލަބުތަކުންވެސް ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ސާފް 20 އަހަރުން ދަށުގެ މުބާރާތް ހޯސްޓް ކުރަން ރާއްޖެއިން ހުށަހަޅައިފި

ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަގީލްގެ ޝަރީއަތް ކެންސަލް

ޗަންޕާ އުއްޗު ފަލަސްޠީނު މެޗުގެ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފި

TTH_advertisement