ކުއްލި ޚަބަރު

ކުދިންނަށް ބުލީކުރަން ހިންގާ ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓު މެނޭޖަރު ހައްޔަރުކޮށްފި

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ގއ. އަތޮޅު ހޮސްޕިޓަލް އަޅާ ބިން އެމްޓީސީސީއާ ހަވާލުކޮށްފި

121

ގއ. އަތޮޅު ހޮސްޕިޓަލް އަޅާ ބިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ވިލިނގިލީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މިނިސްޓަރު ނަޒްލީން ނަޖީބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވިލިނގިލީ ސައިޓް މެނޭޖަރު އަލީ މުބީނެވެ.

އެ ރަސްމިއްޔާތުގައި ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދާއި ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 185،571،402.42ރ. އަށެވެ.

މިހާރު ވިލިނގިލީގައި ހުރި ހޮސްޕިޓަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކުރި ތަނެކެވެ. އެ ހޮސްޕިޓަލްގެ އިމާރާތުގައި އެކަށީގެންވާ ޖާގަ ނެތުމުން އާ ޚިދުމަތްތައް ތައާރަފްކުރަން ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

އާ ހޮސްޕިޓަލް އިމާރާތްކުރަނީ ޖާގައިގެ ގޮތުން ތަނަވަސް ބޮޑު ބިމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގެއްލިފައިވާ އިތުބާރު އަލުން އެފްއޭއެމްއަށް ހޯދައިދޭނަން: ޠާރިޤު

ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތައް ތައިލެންޑަށް

އުތުރުގެ ބާރަ ރަށެއްގައި ގްރީން ހައުސް ގާއިމްކޮށްފި

ފަތުރުވެރިކަމުގެ ސިނާޢަތާއި، އުފެއްދުންތެރިން ގުޅުވާލުމާއި ގުޅޭ މަސައްކަތު ބައްދަލުވުން ނިންމާލައިފި

ELL Mobile Advertisement TTH_advertisement