ކުއްލި ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެ: ބީއެމްއެލް

ވިލުފުށީ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ

އީރާނަށް ހަމަލާދިނުމަށް، އެމެރިކާގެ ގެރެންޓީ ލިޔުމުން ހޯދަން ނަތަންޔާހޫ މަސައްކަތްކުރަނީ

އީރާނުން ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ސައިޓްތައް ނުވަތަ މިސައިލް ޕްރޮގްރާމާ ގުޅުންހުރި ތަންތަން އަލުން މަރާމާތުކުރާ ކަން އެނގިއްޖެނަމަ އެތަންތަނަށް ހަމަލާދިނުމުގެ ހުއްދައަށް ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދޭނޭ ކަމަށް، އިސްރާއީލުގެ ކާން ނޫހުން ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފްތާގައި އެމެރިކާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަތަންޔާހޫ އަންނާތީ އެމެރިކާގެ ރައީސް ޓްރަމްޕްވެސް އެވާހަކަ ދައްކަމުން ގެންދެއެވެ.
އިސްރާއީލުގެ ކާން ނޫހުން ބުނެފައިވަނީ، ނަތަންޔާހޫ ބޭނުންވަނީ، އިސްރާއީލުން އީރާނަށް ހަމަލާ ދޭން ޖެހިއްޖެނަމަ އެކަން ކުރުމުގެ ހުއްދަ އެމެރިކާއިން އިސްރާއީލަށް ދޭނޭކަމުގެ ގެރެންޓީއެކެވެ. އެގޮތުން، އެ ގެރެންޓީ ލިއުމުން ހޯދަން ނަތަންޔާހޫ އެދޭނޭ ކަމަށް ކާން ނޫހުން ބުނެފައި ވެއެވެ.

އިސްރާއީލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގައި، އިސްރާއީލުގެ ޖެޓުތަކުންވަނީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމާ ގުޅޭ ސައިޓްތަކަށް ވަރުގަދައަށް ބޮންއަޅާފައެވެ.
އިސްރާއީލަށް އެހީތެރިވުމުގެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސްވަނީ، އެމެރިކާ އަސްކަރިއްޔާގައި ގެންގުޅޭ އެންމެ ބާރުގަދަ ބީ2 މަތިންދާ ބޯޓުތައް ފޮނުވައި، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބަންކަރ-ބަސްޓަރ ބޮންއަޅާފައެވެ.
އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ސައިޓްތަކަށް ބޮންއެޅުމަށްފަހު އެމެރިކާއާއި، އިސްރާއީލުންވެސް ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ގާބިލްކަން މި ހަމަލާތަކުގައި އެއްކޮށް ނައްތާލެވުނު ކަމަށާއި، އެތައް އަހަރަކަށް އީރާނު ފަހަތަށް ޖައްސާލެވުނު ކަމަށެވެ.

އެހެން ނަމަވެސް، އީރާނުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި ގެއްލުންތައް ލިބުނު ނަމަވެސް، އެއީ މާ ބޮޑެތި ގެއްލުންތައް ނޫން ކަމަށެވެ.
އަދި ނިއުކްލިއަރ ޕްރޮގްރާމްގެ މަސައްކަތް އަލުން ފަށައިގަތްކަން އީރާނުން އިއުލާން ކުރުމާއެކު، އެމެރިކާ، އިސްރާއީލު އަދި ހުޅަނގުގެ ގައުމުތަކުން ތިބީ ވަރަށް ކަންބޮޑުވެފައެވެ.
އަނެއްކޮޅުން، އެމެރިކާއިން ހަމަލާދިނުމުގެކުރިން، އީރާނުން ޔޫރޭނިއަމް ރައްކާތެރި ތަނަކަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓާއެކުވެސް އިސްރާއީލާއި އެމެރިކާ އޮތީ ވަރަށް ހިތުގައި ޖެހިފައެވެ.

މި ވާހަކަތައް ފެންމަތިވާން ފެށުމުން އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން ޖެހިއްޖެނަމަ ހަމަލާ ދޭނޭ ކަމަށެވެ.

ޓްރަމްޕް މިހެން ބުނެފައި ވަނިކޮށް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިހާރު މަސައްކަތް ކުރަނީ އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ގެރެންޓީއަށެވެ. 12 ދުވަސްތެރޭ އީރާނުން އިސްރާއީލަށް ހަދާލިގޮތް ނަތަންޔާހޫ އަދިވެސް ގެންދަނީ ދުނިޔެއަށް ސިއްރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ބީއެމްއެލް އިން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

Cc image

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ 6 މަހަށް ޖަލަށްލާން، ޣައިރު ހާޟިރުގައި ހުކުމްކޮށްފި

ސިންގަޕޫރުގެ އާބަން ރިޑެވެލޮޕްމަންޓް އޮތޯރިޓީ އަށް ރައީސް ޒިޔާރަތްކުރައްވައިފި

ELL Mobile Advertisement TTH_advertisement