ކުއްލި ޚަބަރު

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން ހާއްސަ ސެންޓަރެއް ހުޅުވައިފި

ރިސޯޓުތައް މަދު އަތޮޅުތަކަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް

ލުއިތަކާއެކު ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ފަޅުތައް އިއުލާންކޮށް، ބިޑަށް ހުޅުވާލައިފި

kandufushi
ޓޫރިޒަމަށް ހުޅުވާލި ތ. ކަނޑުފުށި —

ޓޫރިސްޓް ރިސޯޓު މަދު ފަސް އަތޮޅަކުން ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ފަޅުތައް އިއުލާންކޮށް، ބިޑަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ޓޫރިޒަމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ހަ ރަށަކީ ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ހުޅުވާލި ހަ ރަށެކެވެ.

ހަލާލް ޓޫރިޒަމަށް ހުޅުވާލީ:

  • ހއ. ބިނާފުށި (2.21 ހެކްޓަރު) އަދި ހއ. ކަނޑާލިފިނޮޅު (5.05) ހެކްޓަރު
  • ހދ. މަކުނުދޫ ފަރު 1 (200 ހެކްޓަރު)
  • ށ. ފުށިފަރު (4.34 ހެކްޓަރު)
  • ތ. މާގުޅި (3.50 ހެކްޓަރު)
  • ލ. ފޮނަގާދޫ (8.18 ހެކްޓަރު)

އެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

ހަލާލު ޓޫރިޒަމްގެ އިތުރުން ވެސް އެ ފަސް އަތޮޅުން އިތުރު ރަށްތަކާއި ފަޅުތަކެއް ވެސް ވަނީ ޓޫރިޒަމަށް ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ތިން ފަޅަކާއި ހދ. އަތޮޅުގެ ފަސް ފަޅަކާއި ށ. އަތޮޅުގެ ތިން ފަޅަކާއި ތ. އަތޮޅުގެ ދެ ރަށެއް އަދި ލ. އަތޮޅުގެ ރަށެކެވެ. އެ ރަށްތަކަކީ؛

  • ހއ. މާދުނި ފަރު 1 (200 ހެކްޓަރު)
  • ހއ. މާދުނި ފަރު 2 (200 ހެކްޓަރު)
  • ހއ. މާދުނި ފަރު 3 (200 ހެކްޓަރު)
  • ހދ. މަކުނުދޫ ފަރު 1 (200 ހެކްޓަރު)
  • ހދ. މަކުނުދޫ ފަރު 2 (200 ހެކްޓަރު)
  • ހދ. މާފަރު ފަރު 1 (200 ހެކްޓަރު)
  • ހދ. މާފަރު ފަރު 2 (200 ހެކްޓަރު)
  • ހދ. މާފަރު ފަރު 3 (200 ހެކްޓަރު)
  • ށ. ގޮނާ ފަރު 1 (200 ހެކްޓަރު)
  • ށ. ގޮނާ ފަރު 2 (200 ހެކްޓަރު)
  • ށ. ގޮނާ ފަރު 3 (200 ހެކްޓަރު)
  • ތ. ކުރަނދުވަރު (2.53 ހެކްޓަރު)
  • ތ. ކަނޑުފުށި (2.22 ހެކްޓަރު)
  • ލ. ގަސްގަނޑު ފިނޮޅު (3.99 ހެކްޓަރު)

އެކަމަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ ސެޕްޓެމްބަރު ތިންވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަޙްމަދު
ގއ. ކޮޑޭ، ގއ. ގެމަނަފުށި، ގއ. ކަނޑުހުޅުދޫ ، ގދ. ގައްދޫ މި ރަށްރަށުގެ ރައްޔިތުންނަށް ޓުއަރިޒަމުގެ ރަހަ ލިބެން ނޭދެނީ އެ ރަށްރަށުގެ ރައްޔިތުންގެ ކޮން ކުށެއް އޮވެގެންތޯ؟

ގުޅުންހުރި

naib raees

ނައިބު ރައީސް ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވަޑައިގެންފި

bml card

ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި

macl chairman noorain

އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް: ނޫރްއައިން

ރައީސްގެ ދެކަނބަލުންގެ ނަންފުޅުން އޯކިޑަށް ނަން ދެއްވައިފި

ELL Mobile Advertisement TTH_advertisement