ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ފުރަތަމަ 11 ދުވަހު 79،000 އަށްވުރެ ގިނަ ފަތުރުވެރިން

Maldivian tourist arrival
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހިނގަމުންމިދާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 79،004 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ފާއިތުވި 2023 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 69،553 ފަތުރުވެރިންނާ އަޅާބަލާއިރު 13.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ މާކެޓުންނެވެ. އެގޮތުން ރަޝިއާއިން 14،638 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި 10،298 ފަތުރުވެރިންނާއެކު އޮތީ އިޓަލީއެވެ. އަދި 5،959 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް ތިންވަނައިގައި އޮތްއިރު، ފަތުރުވެރިކަމުގެ ގަދަ ދިހައެއްގައި ޖަރުމަނު، ޗައިނާ، އިންޑިއާ، އެމެރިކާ، ފްރާންސް، ކަޒަކިސްތާން އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

ފަތުރުވެރިންގެ ބޮޑު އިންސައްތައެއް، އެއީ 77،935 މީހުން ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މީގެ އިތުރުން މާފަރު، ގަން، ހަނިމާދޫ، މާމިގިލި އަދި ދާލު އެއާޕޯޓުންވެސް އަދަދުތަކެއް ވަނީ ރާއްޖެ އެތެރެވެފައެވެ. ޗުއްޓީ ހޭދަކުރުމަށް ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލީ ރިސޯޓުތަކެވެ. އެގޮތުން 54،573 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުންދާއިރު، 20،102 ފަތުރުވެރިން ތިބީ ގެސްޓްހައުސްތަކުގައެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތައް ހިމެނޭހެން ޖުމްލަ 67،647 އެނދު އޮޕަރޭޝަނަށް ގެނެވިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

HajjCop_ads
Advertisement

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިޤްތިޞާދީ ކުރިއެރުން އޮގަސްޓު މަހު ހުރީ 9.64 ބިލިޔަން ރުފިޔާގައި

MMA

އިންޑިއާގެ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 31.6 ބިލިއަނަށް

MMA

ސެޕްޓެމްބަރު ނިމުނުއިރު ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރު